ދުރު ރާސްތާގައި ބަންކަރިންގ ޚިދުމަތުން ރާއްޖެއަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިމާދު ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝިމާދު ވިދާޅުވި ގޮތުގައި ކޮންމެ އިންވެސްޓްމަންޓަކީ ވެސް ލައިފް ސައިކަލަކަށް ތަބާވާ އިންވެސްޓްމަންޓެކެވެ. އަދި ރާއްޖެ މިވަގުތު އޮތީ ބަންކަރިންގ ޚިދުމަތް ދިނުމުގެ ފުރަތަމަ މަރުހަލާގައި ކަމަށާއި، ރާއްޖޭގެ ސްޓްރެޓެޖިކް ލޮކޭޝަނަކީ ކުރިއަށް އޮތްތަނުގައި މި ސިނާއަތް ހަލުވިކަމާއެކު ކުރިއަރައި ދިއުމަށް މަގުފަހިވާނެ ކަމެއް ކަމުގައި އޭނާ ފާހަގަކުރެއްވި އެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ހއ. އިހަވަންދޫގައި އިންދޫގައި އިންޓަނޭޝަނަލް ބަންކަރިންގ ޚިދުމަތް ފަށާފައިވެ އެވެ. މި މަޝްރޫޢުގައި ސަރުކާރުގެ އިންވެސްޓްމަންޓަކީ 15 މިލިއަން ޑޮލަރާއި 20 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެކެވެ. އެސްޓީއޯއިން މި ޚިދުމަތްތައް ފޯރުކޮށްދެނީ ދުނިޔޭގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ވިޓޯލް ބަންކަރސްއާ ގުޅިގެންނެވެ.
މި ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި އެސްޓީއޯއިން ވަނީ 4،000 ޓަނުގެ ކެޕޭސިޓީގެ ތެޔޮ ޓޭންކަރުތަކެއް ގެނެސްފައެވެ.
މިހާރު ރާއްޖެއިން އޮފްޝޯ ބަންކަރިންގ ޚިދުމަތް ދެމުންދާއިރު، ދިގުމުއްދަތުގައި އޮންޝޯ ބަންކަރިންގ ޚިދުމަތް ތަޢާރަފް ކުރުމަށް ސަރުކާރުން ވަނީ ރާވާފަ އެވެ. ސަރުކާރުން ލަފާކުރާ ގޮތުގައި ބަންކަރިންގ ޚިދުމަތްތަކުގެ ސަބަބުން އިތުރު 400 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބި، 390 މިލިއަން ޑޮލަރުގެ އަގުހުރި އާ ސިނާއަތެއް ރާއްޖޭގައި އުފެދިގެންދާނެ އެވެ.
ބަންކަރިންގ ހިދުމަތް އެސްޓީއޯގެ އެމްޑީ އިބްރާހީމް ޝިމާދު ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)