ރާއްޖެއިން ބޭރުގެ ދަނޑުބިންތަކަށް އެސްޓީއޯއިން އިންވެސްޓްކުރަނީ

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގެ ފުޑް ސެކިއުރިޓީ ހަރުދަނާކުރުމުގެ މަސައްކަތުގެ ދަށުން، ރާއްޖެއިން ބޭރުގެ ފާޓައިލް ބިންތަކަށް އިންވެސްޓްކުރުމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ނިންމައިފިއެވެ.

އެސްޓީއޯ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި މި މަސައްކަތަކީ ބޭރު ފައިސާއަށް ބަރޯސާވުން ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

އެސްޓީއޯއިން އިތުރަށް ބުނި ގޮތުގައި، ކެއިން ބުއިމުގައި ބޭނުންކުރާ އަސާސީ ބާވަތްތަކުގެ ތެރެއަށް އިތުރުކުރި 23 ބާވަތް މި އަންނަ މަހުގެ 15 ގެ ކުރިން ވިއްކަން ފަށާނެއެވެ. މީގެ ތެރެއިން ރާއްޖޭގައި އުފެއްދޭނެ ބާވަތްތައް ދެނެގަނެ، އެ ބާވަތްތައް އުފެއްދުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައިވާ އަސާސީ ބާވަތްތަކުގެ ލިސްޓަށް އައި މި ބަދަލާއެކު، ކުރިން ހިމެނިފައިވާ ހަނޑޫ، ހަކުރު އަދި ފުށުގެ އިތުރުން 23 އައު ބާވަތެއް އިތުރުވެގެންދާނެއެވެ. މި ތަކެތި ރާއްޖެ އެތެރެކޮށް ވިއްކުމުގެ މަސައްކަތް 15 އޮކްޓޯބަރު 2025 ގެ ކުރިން ފެށުމަށް ވަނީ ހަމަޖެހިފައެވެ.

އެސްޓީއޯއިން ވަނީ މި ބާވަތްތައް ހެޔޮ އަގުގައި ބާޒާރުން ލިބޭނެކަމުގެ ޔަގީންކަން ދީފައެވެ. މިހާރުވެސް އޮރެންޖު ކިލޯއެއް 35 ރުފިޔާގެ ރޭޓުން ޕީޕަލްސް ޗޮއިސް މެދުވެރިކޮށް ވިއްކަމުންދާއިރު، ކުރިއަށް އޮތް ހަފްތާގައި އާފަލު ވެސް ބާޒާރަށް ނެރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢުގެ ދަށުން، މާލޭ އިންޑަސްޓްރިއަލް ވިލެޖްގައި ޒަމާނީ ކޯލްޑް ސްޓޯރޭޖް ފެސިލިޓީއެއް ވަނީ ގާއިމްކޮށްފައެވެ. އެސްޓީއޯގެ އަމާޒަކީ މި ބަދަލުގެ ސަބަބުން އަސާސީ ކާބޯތަކެތި ހެޔޮ އަގެއްގައި ހުރިހާ ރައްޔިތުންނަށްވެސް ލިބޭނެކަން ކަށަވަރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

އެސްޓީއޯގެ އެމްޑީ އިބްރާހީމް ޝިމާދު ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ