މޭވާއާއި ތަރުކާރީ އަގުބޮޑުވާ މައްސަލައަށް އޮކްޓޫބަރު 15 ގައި ދާއިމީ ހައްލެއް ލިބޭނެ: މިނިސްޓަރު ސައީދު

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގެ ބާޒާރުގައި އަގުބޮޑުވާ މޭވާ އާއި ތަރުކާރީގެ ބާވަތްތައް އަންނަ އޮކްޓޯބަރު މަހުގެ 15 އިން ފެށިގެން އަގުހެޔޮވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ސައީދު ވިދާޅުވީ ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯއާ 23 ބާވަތެއްގެ މުދާ ރާއްޖެއަށް އިމްޕޯޓްކޮށް ވިއްކުމުގެ ޒިންމާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އޮކްޓޫބަރު 15 އިން ފެށިގެން އެ ބާވަތްތަކުގެ އަގުތައް އުފުލޭ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެން ދާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޮކްޓޯބަރު 15 އަކީ މި ދެންނެވި 23 ބާވަތް ރާއްޖޭން އަގު ހެޔޮކޮށް ލިބެން ހުންނާނެ ކަން އެސްޓީއޯއިން ޔަގީންކުރަން ޖެހޭނެ ތާރީހު، އެހެންވީމާ އެއީ މީގެ އަމާޒަކީ.

މީގެ އިތުރުން އެ ތާރީހުގެ ކުރިން ވެސް އެއްވެސް ބާވަތެއްގެ އަގު ބޮޑުވެއްޖެނަމަ، އެސްޓީއޯއިން އެ ބާވަތެއް ގެނެސް ވިއްކާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެސްޓީއޯގެ އެމްޑީ ޝިމާދު ވިދާޅުވީ، ރޯދަމަހު ތަކެތީގެ އަގު ބޮޑުވިޔަ ނުދިނުމަށް އެ ކުންފުނިން ކުރި މަސައްކަތުގައި މުދާ ރައްކާކުރެވިފައިވަނީ ވަގުތީ އިންތިޒާމެއްގެ ދަށުން ކަމަށެވެ. ނަމަވެސް މިހާރު ވަނީ މި ބާވަތްތައް ދާއިމީކޮށް އެތެރެކޮށް ވިއްކުމަށް ރަނގަޅު އިންތިޒާމުތަކެއް ހަމަޖައްސާފައިކަމަށް ޝިމާދު ވިދާޅުވި އެވެ. އެގޮތުން އެސްޓީއޯއިން މިހާރު ވާނީ އިންޑަސްޓްރިއަލް ވިލެޖްގައި ޒަމާނީ ދެ ގުދަން ގާއިމްކޮށްފައިކަމަށް ޝިމާދު ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެސްޓީއޯގެ އެމްޑީ އިބްރާހީމް ޝިމާދު ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ