ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕްރޮޑަކްޝަން ހައުސްތައް ގާއިމްކުރަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕްރޮޑަކްޝަން ހައުސްތައް ގާއިމުކުރުމަށް ސަރުކާރުން ރާވާފައިވާ ކަމަށް ޔޫތް މިނިސްޓަރ އިބްރާހީމް ވަހީދު ވިދާޅުވެއްޖެ އެވެ.

ޔޫތް މިިނިސްޓަރ މިގޮތަށް ވިދާޅުވީ ”ޖަވިޔަނި“ އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.

މި އިންޓަވިއުގައި ވާހަކަދައްކަވަމުން ޔޫތް މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕްރޮޑަކްޝަން ހައުސްއާއި ރެކޯޑިން ސްޓޫޑިއޯތައް ގާއިމުކުރަން ރާވަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އަދި ސަރުކާރުން ވައުދުވި ސަރަހައްދީ ފެންވަރުގެ ޕްރޮޑަކްޝަން ހައުސްގެ މަަސައްކަތްތައް ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން ކުރަމުންދާނެ ކަމަށް މިނިސްޓަރ މައުލޫމާތު ދެއްވި އެވެ.

މިނިސްޓަރ ވިދާޅުވީ މިކަމުގެ ބޭނުމަކީ ފްރީލާންސް މަސައްކަތް ކުރާ ފަންނާނުންނަށް މަސައްކަތް ކުރެވޭނެ ރަނގަޅު އޮފީހެއް ނުވަތަ ތަނެއް ލިބުން ކަމަށެވެ. މީގެ އިތުރަށްވެސް ހުޅުމާލޭގައި އާޓިސްޓުންނަށް ހާއްސަ އާޓް ގެލެރީއެއް ހުޅުވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.

”ހުނަރު ހުއްޓަސް ބައެއް ފަހަރު އެކަން އެބޭފުޅުންނަށް ނެރެވޭ ގޮތެއް ނުވޭ. އެހެންވީމާ އެކަން ކުރުމަށްޓަކައި ހަމައެކަނި މާލެއެއް ނޫން. އެކި ސަރަހައްދުތަކުގައި މާ ބޮޑެތި ޕްރޮޖެކްޓްތަކެއްގެ ވާހަކައެއް ނޫން މި ދައްކަނީ. ކުދި ކުދި ޕްރޮޑަކްޝަން ހައުސްތަކެއް، ރެކޯޑިން ސްޓޫޑިއޯތަކެއް ހުންނަން ޖެހޭ. އިރާދަކުރެެއްވިއްޔާ އަންނަ އަހަރު އެ މަސައްކަތް ފަށާނަން“

އިންޓަވިއުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވަނީ އަތޮޅުތެރޭގައި ހުނަރު ހުރި އެކި ފަންނާނުންނަށް އެ ހުނަރު ތަރައްގީކުރަން ގޮތްތައް ހަމަޖެހިފައިނުވާކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެކަން ހައްލުކުރުމަށް ސަރުކާރުން މަސައްކަތްކުރަން އަމާޒު ކުރި ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ދިވެހި ފަންނުވެރިންނަށް ފަހި ފުރުސަތުތަކެއް ފޯރުކޮށްދިނުމަށް އަންނަ އަހަރު 25 މިލިޔަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ، ފަންނުވެރިންނަށް ފުރުސަތުތައް ހޯދައިދިނުމަށްޓަކައި ރަނގަޅު ފެންވަރަށް އާޓް ގެލަރީއެއް ތަރައްގީކުރައްވާނެ ކަމަށާއި އަދި ގައުމީ ކުތުބުހާނާގެ އާ އިމާރާތުގެ މަސައްކަތް ވެސް އަންނަ އަހަރު ފަށްޓަވާނެ ކަމަށެވެ.

މީގެ އިތުރުން މިދައުރު ނިމޭއިރު ރާއްޖޭގެ 7 ސަރަޙައްދެއްގައި ޒަމާނީ ފެންވަރުގެ ލައިބްރަރީތައް ތަރައްޤީކޮށް ނިންމަވާނެ ކަމަށް ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ދައުރު ނިމުމުގެ ކުރިން ރަނގަޅު ފެންވަރުގެ ސިނަމާއެއްވެސް ތަރައްގީކޮށްދެއްވާނެކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ