ކޮޕީ ރައިޓްސްގެ ޤާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފި

Advertisement

އެންމެ ފަސް

Advertisement

ކޮޕީރައިޓްސްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ ޖުލައި މަހުގެ 1 ވަނަ ދުވަހު، މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާއެވެ.

މި ބިލު ހުށަހެޅުމުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ކޮޕީރައިޓުގެ ހިމާޔަތް ލިބިދޭ އުފެއްދުންތަކާއި ކޮޕީރައިޓާ ގުޅޭ ކަންކަން އިތުރަށް ތަފްސީލްކުރުމެވެ. މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލިބިދޭ އިސްތިސްނާއާއި، ވިޔަފާރި ފައިދާ ނުލިބޭ ގޮތަށް ދިރާސާކުރުމުގެ ބޭނުމަށް ލިބިދޭ އިސްތިސްނާ ހިމެނޭހެން ކޮޕީރައިޓަޑް އުފެއްދުންތައް ނަކަލުކުރެވޭނެ އިތުރު ހާލަތްތައް ކަނޑައެޅުންވެސް ހިމެނެއެވެ.

އޭގެއިތުރުން ކޮޕީރައިޓްގެ ހައްގުތަކަށް ހިމާޔަތް ލިބިދެވޭ މުއްދަތު 50 އަހަރުން 70 އަހަރަށް އިތުރުކުރުމާއި، ކޮޕީރައިޓާ ގުޅޭ ހައްގުތައް ކަށަވަރު ކުރުމުގައި ދިމާވާ ބައެއް ދަތިތައް ހައްލުކުރުމަކީވެސް މި ބިލުގެ މުހިންމު މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

އިގްތިސާދީ ކޮމިޓީން މި ބިލު ދިރާސާކުރުމަށްފަހު، މިއަދު ބޭއްވުނު މަޖިލީހުގެ ޖަލްސާގައި ވޯޓަށް އެހުމުން، ޖަލްސާގައި ބައިވެރިވި 57 މެންބަރުންގެ އިއްތިފާގުން މި ބިލު ފާސްކޮށްފައިވެ އެވެ.

މި ބިލު ފާސްވުމާ ގުޅިގެން، ކޮޕީރައިޓްގެ ދާއިރާގައި ގިނަ ބަދަލުތަކެއް އަންނާނެކަމަށް ބެލެވެ އެވެ. ޚާއްސަކޮށް އުފެއްދުންތެރިންނާއި، ފަންނާނުންނަށް މީގެ ފައިދާ ކުރާނެކަމަށް ލަފާކުރެވެއެވެ. އަދި މި ބިލުގެ ސަބަބުން ރާއްޖޭގައި އުފެއްދުންތެރިކަމުގެ ދާއިރާ އިތުރަށް ކުރިއަރައި، ގައުމުގެ އިގްތިސާދަށްވެސް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް އުންމީދު ކުރެވެއެވެ.

ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ ރައްޔިތުންގެ މަޖިލިސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ