ދަރަނބޫދޫ ސިއްހީމަރުކަޒުގެ އަމަލީ މަސައްކަތް ފަށައި ފިޓްނެސް ސެންޓަރުގެ ބިންގާ އަޅައިފި

Advertisement

އެންމެ ފަސް

Advertisement

ފ. ދަރަނބޫދޫ ސިއްހީ މަރުކަޒުގެ އަލަށް އިތުރުކުރެވޭ އިމާރާތުގެ އަމަލީ މަސައްކަތް ފަށައި އެ ރަށު ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފި އެވެ.

މި ދެ މަސައްކަތް ފަށާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދަރަނބޫދޫއަށް އަށް ވަޑައިގެންނެވުމަށް ފަހު އެވެ.

ދަރަނބޫދޫގެ ސިއްހީ މަރުކަޒުގެ އަލަށް އިތުރުކުރެވޭ އިމާރާތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އެވެ. އަރިހުގައި ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާގެ އިތުރުން ދަރަނބޫދޫ ކައުންސިލްގެ ރައީސް އަބްދުލް ހަމީދް އާދަމް ބައިވެރިވެވަޑައިގެންނެވި އެވެ.

މި ދަތުރުފުޅުގެ ތެރެއިން ދަރަނބޫދޫގައި ގާއިމް ކުރާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ ވެސް އަޅާފައިވެ އެވެ. މި ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ފިޓްނެސް އެންޑް ރެކްރިއޭޝަން މިނިސްޓަރު އަބްދުﷲ ރާފިއު އެވެ. މިނިސްޓަރުގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވީ އެމްއޭސީއެލްގެ ޗެއާޕާސަން އައިޝަތު ނޫރުއައިން ޖަނާހު، އެމްއޭސީއެލް ގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފް މުހައްމަދު، ނިލަންދޫ ދާއިރާގެ މެންބަރު ސައުދާގެ އިތުރުން ދަރަނބޫދޫ ކައުންސިލްގެ ރައީސް ހަމީދް އެވެ.

މީގެ އިތުރުން އެ ރަށުގައި ވަނީ އޭޓީއެމްގެ ހިދުމަތް ވެސް އިފްތިތާހުކޮށްފަ އެވެ. މި ހިދުމަތް އިފްތިތާހުކޮށްދެއްވީ ރައީސް މުއިއްޒު އެވެ. ރައީސް ގެ އަރިހުގައި ބީއެމްއެލްގެ ޗެއާޕާސަން އަދި ސީއީއޯ މުހައްމަދު ޝަރީފް، ނިލަންދޫ ދާއިރާގެ މެންބަރު ސައުދާގެ އިތުރުން ކައުންސިލްގެ ރައީސް ހަމީދްވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ރައީސް މުއިއްޒުގެ މި ދަތުރުފުޅުގައި ދަރަނބޫދޫ ކައުންސިލް، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ، މުއައްސަސާތަކުގެ ވެރިންގެ އިތުރުން އެ ރަށުގެ ރައްޔިތުންނާއި ބައްދަލު ކުރެއްވި އެވެ.

ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބީއެމްއެލް ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް އައިޝަތު ނޫރްޢައިން ޖަނާހު މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޑރ. އަބްދުﷲ ރާފިއު ފ. ދަރަބޫދޫ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ