10،000 މީހުންގެ އާބާދީއެއް ހަމަނުވާ ގދ. ތިނަދޫ، ސިޓީއަކަށް ހެދި މައްސަަލަ ރައްޔިތުންގެ މަޖިލީހާއި ހަމައަށް ގޮސްފި އެވެ.
ސިޓީގެ ދަރަޖަ އަތުލަން އެދި ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފައިވަނިކޮށް އެ ކަން ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވެެ އެވެ.
މައްސަލަ ބަލައިދޭން މަޖިލީހަށް ހުށަހެޅުއްވީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އެވެ.
ސައުދުﷲ މިއަދު މިކަން ހާމަކުރެއްވީ އޭނާގެ ފޭސްބުކް އެކައުންޓްގަ އެވެ. އެ މައްސަލަ ބަލައިދިނުމަށް އެދި މަޖިލީހުގެ ރައީސް އަބްދުލްރަހީމް އަބްދުﷲ އަށް އެޑްރެސްކުރައްވައި ސިޓީއެއް ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެންވާރަމެންޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ކަމުގައިވާ ގާނޫނީ ވަކީލު މުހައްމަދު ރާޣިބް އަހްމަދު ހައި ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ސައުދުﷲ އަރިހުގައި އެ ރަށުގެ ފުދޭވަރަކަށް ގިނަ މީހުން އެދިފައިވާކަން އެނގިފައިވެ އެވެ.
ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދިނީ 31 އޮގަސްޓް 2023 ގަ އެވެ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ ނިމިދިޔަ ވެރިކަމުގަ އެވެ. އޭރުގެ އެމްޑީޕީ ސަރުކާރުގައި ވެރިކަން ކުރެއްވި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ދެއްވަން އިއުލާން ކުރެއްވީ ރިޔާސީ އިންތިހާބުގެ ކެމްޕޮެއިންއެއްގަަ އެވެ.
ޑީއެންއާރްގެ ޑޭޓާބޭސްއަށް ރިއާޔަތްކުރައްވަމުން ރާޣިބް ވިދާޅުވީ މިއަހަރުގެ ނޮވެމްބަރ 17 ވަނަ ދުވަހާއި ހަމައަށް ތިނަދޫގައި ރަޖިސްޓަރވެފައިވަނީ 7924 މީހުން ކަމަށެވެ.
ރައްޔިތުންގެ މަޖިލިސް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ގދ. ތިނަދޫ