އައު އަހަރު ފާހަގަކުރުން އޮންނާނެ، ނަމަވެސް މިފަހަރު އެއީ ސަޕްރައިޒެއް

Advertisement

އެންމެ ފަސް

Advertisement

މި އަހަރުވެސް އައު އަހަރު ފާހަގަކުރުން ކުލަ ގަދަކޮށް އޮންނާނެ ކަމަށް މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިބްރާހީމް ވަޙީދު ވިދާޅުވެއްޖެ އެވެ.

”ޖަވިޔަނި“ އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ މިއަހަރުވެސް އައު އަހަރު ފާހަގަކުރުން އޮންނާނެ ކަމަށެވެ. ނަމަވެސް މި އަހަރު އައު އަހަރު ފާހަގަކުރުން ކުރިއަށްގެންދާނީ އެހެން އަހަރުތަކުގައި އައު އަހަރު ފާހަގަކުރާ ގޮތާއި ތަފާތުކޮށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް މި އަހަރު، އައު އަހަރު ފާހަގަކުރާނެ ގޮތުގެ ތަފްސީލް ނުދެއްވައި މިނިސްޓަރު ވިދާޅުވީ އެއީ ސަޕްރައިޒެއް ކަމަށެވެ.

 

އާންމުކޮށް ކޮންމެ އަހަރަކުވެސް ރާއްޖޭގައިވެސް އައު އަހަރު ކުލަ ގަދަކޮށް ފާހަގަކުރެ އެވެ. އެގޮތުން ހަވާ އެރުވުމާއެކު އައު އަހަރު ފާހަގަކުރުމަށް ތަފާތު ހަރަކާތްތަކެއް ބާއްވަމުން އައި ނަމަވެސް، މިދިޔަ އަހަރު އައު އަހަރު ފާހަގަކުރުމަށް ކުލަ ގަދަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައެއް ނުވެ އެވެ. ސަބަބަކަށްވީ އައު އަހަރާއި ދިމާކޮށް މޫސުން ގޯސްވުމެވެ.

މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ