ޗައިނާ ސަފީރުގެ ދައުރު ހަމަވެ، މިނިސްޓަރު ހަލީލްގެ އަރިހަށް ވަދާއީ ޒިޔާރަތެއް

Advertisement

Advertisement

އެންމެ ފަސް

Advertisement

ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ވޮންގ ލިޒިންގެ ދައުރު ހަމަވެ ރާއްޖެއިން ވަޑައިގެންނެވުމުގެ ކުރިން މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. ޢަބްދުﷲ ޚަލީލްގެ އަރިހަށް ވަދާޢީ ޒިޔާރަތެއް ކުރައްވައިފި އެވެ.

މި ބައްދަލުވުން ބޭއްވުނީ އިއްޔެގެ ވަގުތެއްގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގަ އެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޚަލީލް، ސަފީރު ލިޒިން ދައުރުގައި އެކަމަނާ ކޮށްދެއްވާފައިވާ މުހިއްމު މަސައްކަތްތައް ފާހަގަކުރައްވައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުން ކުރިއެރުވުމަށްޓަކައި އެކަމަނާ ދެއްވި އެހީތެރިކަމާއި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރެއްވިއެވެ.

ސަފީރު ލިޒިން ވިދާޅުވީ އެކަމަނާގެ ދައުރުގައި ދިވެހި ސަރުކާރުން ބެހެއްޓެވި ގާތްކަން ފާހަގަކުރައްވާ ކަމަށެވެ. އަދި އެކަމަނާގެ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ދެއްވި އެއްބާރުލެއްވުމަށް ދިވެހި ސަރުކާރަށާއި، ދިވެހި ރައްޔިތުންނަށް ޝުކުރު އަދާކުރެއްވިއެވެ. މީގެއިތުރުން، ކުރިޔަށް އޮތް ތަނުގައިވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވޭތުވެދިޔަ އެއް އަހަރުގެ ތެރޭގައި ކުރިޔަށް ދިޔަ މުހިއްމު މަސައްކަތްތަކާއި ޙާޞިލުކުރެވިފައިވާ ކަންތައްތަކުގެ މައްޗަށް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި މިހާރު ކުރިޔަށް ގެންދާ މުހިއްމު މަޝްރޫޢުތަކުގެ ފަހުގެ އަދާހަމައާއި ކުރިޔަށް ރޭވިފައި ހުރި މަސައްކަތްތަކާ ގުޅޭގޮތުންވެސް ވާހަކަދެކެވުނެވެ.

ބައްދަލުވުން ނިންމަވާލައްވަމުން، މިނިސްޓަރ ޚަލީލް ސަފީރަށް ކުރިއެރުމާއި ކާމިޔާބީއަށް އެދިވަޑައިގަތެވެ. އަދި ދިވެހިރާއްޖޭގެ ގާތް ރަޙްމަތްތެރިއެއްގެ ގޮތުގައި އަބަދުވެސް ރާއްޖެއަށް އެ ކަމަނާ ޒިޔާރަތް ކުރެއްވުމަށް މަރުހަބާ ވިދާޅުވިއެވެ.

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ޗައިނާ ސަފީރު ވަން ލިޒިން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ