ތިނަދޫ ސިޓީއަކަށް ހަދަން މައުލޫމާތު އޮޅުވި މައްސަލަ ޑެޕިއުޓީ މިނިސްޓަރެއް ކޯޓަށް ހުށަހަޅުއްވައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ތިނަދޫ ސިޓީއަކަށް ހަދަން މައުލޫމާތު އޮޅުވި ކަމުގެ ތުހުމަތުގައި އެންވާރަމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު ރާޣިބް އަހްމަދު ހައި ކޯޓަށް މައްސަލަ ހުށަހަޅުއްވައިފި އެވެ.

”ޖަވިޔަނި“ އަށް މައުލޫމާތު ދެއްވަމުން ގދ. އަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ ރާޣިބް ވިދާޅުވީ ނިމިދިޔަ ވެރިކަމުގައި ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ލިބިފައިވަނީ ގަވާއިދާ ހިލާފަށް ކަމަށެވެ. ތިނަދޫގެ އާބާދީގައި 10،000 ހަމަނުވާ ކަމަށް އޭނާ ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލައިގައިވެ އެވެ. ރާޣިބް ވިދާޅުވީ ތިނަދޫގައި 10،000 މީހުން ހަމަ ކަމަށް ކައުންސިލުން ހުށަހެޅި ލިޔުންތަކުގައި ފުށު އަރާ ކަންތައްތައް ވާ ކަމަށެވެ. އެގޮތުން މަރުވެފައި ތިބި މީހުން ހިމެނުން ފަދަ ކަންތައްތައް އޭނާއަށް ފާހަގަކުރެވުނު ކަމަށް ރާޣިބް ވިދާޅުވި އެވެ.

ގާނޫނީ ވަކީލުކަން ކުރައްވަމުންދިޔަ ރާޣިބް ވިދާޅުވީ އޭނާއަށް އެކަންތައް ފާހަގަކުރެވުނީ ޑީއެންއާރްއިން ހޯދި މައުލޫމާތުތަކުގެ މައްޗަށް އަލިއަޅުވާލައްވާފައި ކަމަށެވެ. އެހެންކަމުން، ރާޣިބް ވަނީ ތިނަދޫ އަށް ދީފައިވާ ސިޓީގެ ދަރަޖަ ބާތިލުކުރަން ހައިކޯޓަށް މައްސަލަ ހުށަހަޅުއްވާފަ އެވެ.

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ ނިމިދިޔަ ވެރިކަމުގަ އެވެ. އޭރުގެ އެމްޑީޕީ ސަރުކާރުގައި ވެރިކަން ކުރެއްވި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ދެއްވަން އިއުލާން ކުރެއްވީ ރިޔާސީ އިންތިހާބުގެ ކެމްޕޮެއިންއެއްގަަ އެވެ.

”ގދ. ތިނަދޫ ކައުންސިލު އިދާރާއިން އޭރު ތައްޔާރުކުރި އާބާދީ ލިސްޓްގައި 10150 މީހުން ހަމަވާކަމަށް ފެންނަން އޮތީ އެކެއްގެ ނަމުގައި 1 އައިޑީކާޑް ނަމްބަރަށްވުރެ އިތުރަށް ޑުޕްލިކޭޓްކޮށް އައިޑީކާޑް ހަދައިގެންނާއި އެކަކުގެ ނަން އެެއްފަހަރަށްވުރެ ގިނަ ފަހަރު ތަކުރާރުކޮށް، ލިސްޓުގައި ހިމަނައިގެންނާއި މީހާގެ ނަމާއި، މައިންބަފައިންގެ ނަމާއި ދިމާނުވާ އެތައް ބަޔަކުވެސް ޑުބްލިކޭޓް އައިޑީކާޑް ދީގެން، އަދި ލިސްޓަށް މީހުން އިތުރުކުރުމަށްޓަކައި ގާނޫނުގައިވާ ގޮތުގެ މަތިން އެލްޖީއޭ މެދުވެރިކޮށް ގދ. ތިނަދޫގެ އާބާދީ ލިސްޓުގައިވާ މީހުން ރަޖިސްޓްރީވެފައިވާ މީހުންގެ ތެރެއިން ރާއްޖޭގެ އެހެން ރަށެއްގައި އެލިސްޓުގައިވާ މީހަކު ރަޖިސްޓްރީވެފައިވޭތޯވެސް ބަލާފައިނުވާ ކަމާއި“

މި އަދަދު ހަމަކުރުމަށް މަރުވެފައިވާ 115 މީހުން ލިސްޓުގައި ހިމެނިކަމަށްވެސް ހުށަހެޅުއްވި މައްސަލައިގައިވެ އެވެ.

ޑީއެންއާރްގެ ޑޭޓާބޭސްއަށް ރިއާޔަތްކުރައްވަމުން ރާޣިބް ވިދާޅުވީ މިއަހަރުގެ ނޮވެމްބަރ 17 ވަނަ ދުވަހާއި ހަމައަށް ތިނަދޫގައި ރަޖިސްޓަރވެފައިވަނީ 7924 މީހުން ކަމަށެވެ.

30 އޮގަސްޓް 2023 ގައި ރައީސްގެ ގަރާރަކުން ތިނަދޫއަށް ދެއްވި ސިޓީގެ ދަރަޖަ ބާތިލުކުރުމަށް ރާޣިބް އެދިވަޑައިގެންފައި ވެއެވެ.

ހައި ކޯޓު ތިނަދޫ ސިޓީ ކައުންސިލް ގދ. ތިނަދޫ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ