ހެވީ ލޯޑުގެ ރަށްތައް ވިއްކާލުން މަޑުޖައްސާލަން އަމުރު ކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ދައްކަންޖެހޭ ލޯނުތަކެއް ނުދައްކާ އޮތް މައްސަލައިގައި ހެވީ ލޯޑް ކުންފުނީގެ ތިން ރަށެއް ބީއެމްއެލްއަށް ވިއްކާލެވޭ ގޮތަށް ސިވިލް ކޯޓުން ދީފައިވާ ހުއްދައަށް އަމަލުކުރުން ފަސް ކުރުމަށް ހައިކޯޓުން އަމުރު ކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މޫސާ މަނިކް (ރީކޯ މޫސަ)ގެ މަސްލަހަތު އޮންނަ ހެވީ ލޯޑް ކުންފުނީގެ ތިން ރަށެއް ވިއްކާލުމަށް ސިވިލް ކޯޓުން ހުއްދަ ދީފައިވަނީ ބޭންކް ލޯނެއް ނުދެއްކި މައްސަލައިގަ އެވެ.

ރަށްތައް ވިއްކާލުމަށް ސިވިލް ކޯޓުން ބީއެމްއެލްއަށް ދީފައިވާ ހުއްދައިގެ މައްސަލަ ހެވީ ލޯޑްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށް އެ ހުއްދައަށް އަމަލު ކުރުން ފަސްކުރުމުގެ އަމުރަކަށް އެދިފައިވެ އެވެ.

ހައިކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުން ސޮއި ކުރައްވާ މިއަދު ނެރުނު އަމުރުގައި ބުނެފައިވަނީ، ރަހުނު ވިއްކާލުމުގެ ހުއްދަ އިސްތިއުނާފަށް ހުށަހަޅައި، އެ ނިންމުން ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށް ހެވީ ލޯޑް ކުންފުނިން އެދިފައިވާ ސަބަބުތަކަށް ރިއާޔަތްކުރިއިރު، ސިވިލް ކޯޓުން ރަހުނު ވިއްކާލުމުގެ ހުއްދަ ދީފައިވަނީ މުދާ އަގުކުރުމަކާ ނުލައިކަން ސިވިލް ކޯޓުގެ ހުއްދައިގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އިސްތިއުނާފުގެ މަރުހަލާފައިގައި އެ ހުއްދަ ބާތިލު ކުރުމުގެ ފުރުސަތު އޮތް ކަމަށް ބުނެފައިވެ އެވެ.

އެހެންކަމުން މި މައްސަލައިގައި ހައިކޯޓުން ގޮތެއް ކަނޑައަޅަންދެން ނުވަތަ ހައިކޯޓުން އެހެން ގޮތަކަށް އަންގަންދެން ސިވިލް ކޯޓުގެ ރަހުނު ވިއްކާލުމުގެ ހުއްދަ ތަންފީޒު ކުރުން ފަސްކުރުމަށް ހައިކޯޓުން އަމުރުކޮށްފައިވެ އެވެ. ހައިކޯޓުގެ މި އަމުރު ނެރުއްވާފައިވަނީ ފަނޑިޔާރު މުހައްމަދު ފައިސަލް، ފަނޑިޔާރު ހުސައިން މަޒީދު އަދި ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އެވެ.

ލޯނު ނުދެއްކުމުން ބީއެމްއެލްއިން ވިއްކާލުމަށް އިއުލާނު ކޮށްފައިވަނީ ލ. ފަރެސް އައިލެންޑް، ކުޑަފަރެސް އައިލެންޑް އަދި ބޮޑުހުރާ އައިލެންޑް އެވެ.

ހައި ކޯޓު ރީކޯ މޫސާ މަނިކު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ