އިޒްރޭލް ޕާސްޕޯޓު މަނާކުރުމާ ދޭތެރޭގައި އިތުރަށް ވިސްނަން ޖެހޭ: ސައުދުﷲ

Advertisement

Advertisement

އެންމެ ފަސް

Advertisement

ދިވެހިރާއްޖެއިން އިޒްރޭލްގެ ޕާސްޕޯޓު މަނާކުރުމާ ދޭތެރޭގައި އަދި އިތުރަށް ވިސްނާލަން ޖެހޭ ކަމަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އިސްރާއީލްގެ ޕާސްޕޯޓްގައި ދިވެހިރާއްޖެ އެތެރެވުން މަނާކުރުމަށް ހުށަހަޅާފައިވާ ބިލު އަވަހަށް ފާސްކުރުމަށް ބާރުއަޅައިދިނުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅާ ޤަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުން މެންބަރު ސައުދުﷲ ވިދާޅުވީ ރާއްޖެއަށްވުރެ މާ މުއްސަނދި، މާ ފުދުންތެރި އަދި ފަލަސްތީން ރައްޔިތުންނާ ގާތް ބަޔަކު ނާޅާ ފިޔަވަޅެއް ރާއްޖެއިން އަޅާއިރު ރާއްޖޭގެ ރައްޔިތުންނާ ދޭތެރޭ ވެސް ވިސްނާލަން ޖެހޭ ކަމަށެވެ.

ރާއްޖޭގެ މިއަދުގެ ހާލަތު އޮތީ އެއްވެސް ގައުމަކާ ޖެހިގަނެގެން އުޅެވޭފަދަ ގޮތަކަށް ނޫންކަމަށް ވެސް ސައުދުﷲ ވިދާޅުވި އެވެ. އިޒްރޭލުގައިވެސް މުސްލިމުން އުޅޭކަމަށް ވިދާޅުވެ ސައުދުﷲ ވިދާޅުވީ އެ މީހުން ރާއްޖެއައުން މަނާކުރަންޖެހޭ ކަމަށް ނުދެކޭ ކަމަށެވެ.

މީގެއިތުރުން ސައުދުﷲ ވިދާޅުވީ އިޒްލޭލުގެ އަމަލުތައް ކުށްވެރިކޮށް ޤަރާރެއް މަޖިލީހުން ފާސްކުރުމަށް ތާއީދު ކުރައްވާ ކަމަށެވެ. ނަމަވެސް އިޒްރޭލް ޕާސްޕޯޓު މަނާކުރުމާ ދޭތެރޭގައި އަދި އިތުރަށް ވިސްނާލަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

އިޒްރާއީލުގެ ޕާސްޕޯޓް މަނާކުރުމަށް ހުށަހަޅާފައިވާ ބިލު އަވަހަށް ފާސްކުރުމަށް ބާރުއަޅައިދިނުމަށް ސަރުކާރަށް ގޮވާލައި ގަރާރު ހުށަހަޅުއްވާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ. މެންބަރު މުހައްމަދު އިބްރާހިމްގެ ގަރާރުގައި ބުނެފައިވަނީ މެންބަރު މީކާއިލް ނަސީލް ހުށަހަޅުއްވާފައިވާ ބިލު ވަކިގޮތެއް ނުނިމި މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި ހުއްޓިފައިއޮތް ސަބަބު ބަލައި، އެ ބިލުގެ މަސައްކަތް އަވަސް ކުރުމަށް އެޅެންހުރި ފިޔަވަޅުތައް ދެނެގަނެ ވީހާވެސް އަވަހަކަށް މި ބިލުގެ މަސައްކަތް ނިންމުމަށެވެ.

ރައްޔިތުންގެ މަޖިލިސް އިޒްރޭލު ޕާސްޕޯޓް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ