މޫދަށް އެރި އުޅުނު ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

Advertisement

އެންމެ ފަސް

Advertisement

ހުޅުމާލޭގައި މޫދަށް އެރި އުޅުނު ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މޯލްޑިވްސް ޕޮލިސް ސާވިސް އިން ތަހުގީގު ކުރަން ފަށައިފި އެވެ.

މި މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވެ އެވެ. ފުލުހުން ބުނީ އެ ހިދުމަތަށް މި މައްސަލަ ރިޕޯޓުކޮށްފައިވަނީ ނޮވެމްބަރު 15 ވަނަ ދުވަހު ކަމަށެވެ.

ފުލުހުން ބުނީ ހުޅުމާލޭގެ މޫދަށް އެރި އުޅުނު ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް، މި މައްސަލައިގެ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ހުޅުމާލޭ ބީޗުގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފެންމަތިވި އިރު ިއއްޔެ ސޯޝަލް މީޑީއާގައި ވަނީ ހުޅުމާލެ ބީޗް ސަރަހަދުގައި ކުޑަ ކުދިން ހައްލައިގެން އެކަހެރި ތަންތަނަށް ގެންގޮސް ނުރުހުމުގައި ގައިގާ އަތްލާކަމަށް ތުހުމަތު ކުރެވޭ މީހެއްގެ ވާހަކަވެސް އާންމުވެފަ އެވެ. އެއީ ހުޅުމާލެ ފޭސް 1 ގެ މާރުކޭޓުގައި މަސް ވިއްކަން އުޅޭ މީހެއްކަމަށް ބުނެ، އޭނާގެ ފޮޓޯއެއްވެސް ސޯޝަލް މީޑިއާގައި އާންމުކޮށްފައިވެ އެވެ.

ހުޅުމާލެ ދިވެހި ފުލުހުންގެ ޚިދުމަތް ޖިންސީ ގޯނާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ