ގުޅީފަޅު ބިން ހިއްކައި ނިމިއްޖެ

Advertisement

އެންމެ ފަސް

Advertisement

ގުޅީފަޅު ބިން ހިއްކައި ނިމިއްޖެ އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ ސަރުކާރުން ކުރިއަށްގެންދިޔަ ގުޅީފަޅު ބިންހިއްކުމުގެ މަޝްރޫއުގެ 100 އިންސައްތަ ނިމިއްޖެ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ޖުމްލަ 174 ހެކްޓަރުގެ ބިން ވަނީ ހިއްކާފަ އެވެ. މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 2020 ވަނަ އަހަރުގެ މާރިޗު މަހު 42 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ވަނީ ނިންމާފަ އެވެ. އަދި ދެވަނަ ފިޔަވަހީގެ ދަށުން 132 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް 2024 ވަނަ އަހަރުގެ އޭޕްރިލް މަހު ވަނީ ނިންމާލާފަ އެވެ.

މީގެ އިތުރުން، މި މަޝްރޫއުގެ ތެރެއިން ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްތައްވެސް ކުރިއަށްދާކަން މިނިސްޓްރީން ފާހަގަކުރި އެވެ. އެގޮތުން މިހާތަނަށް 2.66 ކިލޯ މީޓަރުގެ ސަރަޙައްދެއްގައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ވަނީ ނިންމާފަ އެވެ.

މި މަޝްރޫއަކީ ވެރިރަށް މާލޭގެ ބިމުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު އެއް މަޝްރޫޢެއު އެވެ. މި މަޝްރޫއު ނިމުމުން، މާލޭގެ ބިމުގެ ބޮޑުމިނަށް ބޮޑު ބަދަލެއް އަންނާނެކަމަށް ބެލެވެ އެވެ. އަދި މި ސަރަޙައްދުގައި ބޯހިޔާވަހިކަމާއި ވިޔަފާރީގެ ފުރުޞަތުތައް އިތުރުވެގެންދާނެކަމަށް ސަރުކާރުން ވަނީ ފާހަގަކޮށްފަ އެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގުޅީފަޅު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ