އުތުރުން ދެކުނަށް ޕްރޮޖެކްޓްތައް ހިންގި މީހުން މިހާރުތިބީ މިލިއަނަރުންނަށް ވެފައި: މެންބަރު ސައުދުﷲ

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގެ އުތުރުން ދެކުނަށް ޕްރޮޖެކްޓްތައް ހިންގި މީހުން މިހާރު ތިބީ މިލިއަނަރުންނަށް ވެފައި ކަމަަށް ތިނަދޫ އުތުރު ދާއިރާގެ މެމްބަރ ސައުދުﷲ ޙިލްމީ ވިދާޅުވެއްޖެ އެވެ.

ހިލްމީ މިހެން ވިދާޅުވީ، 2025 ވަނަ އަހަރަަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރައްވަމުން ނެވެ.

ހިލްމީ ވިދާޅުވީ، ވޭތުވެދިޔަ އަހަރު ތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގިނަ އަދަދެއްގެ ޕްރޮޖެކްޓްތައް ހިންގާފައިވާ ކަމަށާއި، އެ ޕްރޮޖެކްޓްތައް ހިންގި މީހުން މިހާރު ތިބީ މިލިއަނަރުންނަށް ވެފައިވާ ކަމަށެވެ.

”އެ ބަޔަކަށް ރާއްޖޭގެ ބަޖެޓު ސިފަކުރެވިފައިވަނީ ގުދުރަތުން ދެއްވި ހަޒާނާއެއް ގޮތުގައި، 15 މިލިއަނަށް ނިންމާލެވޭ ޕްރޮޖެކްޓްތައް 100 މިލިއަން ރުފިޔާއަށް އަރާއިގެން ދިޔައިރު ދިވެހިންގެ ހައްގާއި މެދު އެއްވެސް ވަރަކަށް ވިސްނައެއް ނުލާ.“

ހިލްމީ ވިދާޅުވީ އަދުގެ ސަރުކާރުން ގައުމުގެ މަސައްކަތްތައް އާ ފެށުމަކުން ފަށަން ޖެހިފައިވާ ކަމަށެވެ. އަދި ކުރީ ސަރުކާރުން ބަޖެޓަށް އެކަށީގެންނުވާ ވަރަށް ޕްރޮޖެކްޓްތައް ފަށާއިވާ ކަމަށްވެސް ހިލްމީ ވިދާޅުވި އެވެ.

ހިލްމީ އިތުރަށް ވިދާޅުވީ، ރާއްޖޭގައި ހުއްޓިފައިވާ ޕްރޮޖެކްޓްތަަކަށް ހައްލެއް ލިބެންޖެހޭ ކަމަށާއި، ރާއްޖޭގެ އިގްތިސާދީ ހާލަތު މިހާރު އޮތީ ވަރަށް ދަށްވެފައި ކަމަށެވެ.

ރައްޔިތުންގެ މަޖިލިސް ދައުލަތުގެ ބަޖެޓް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ