ކްރިމިނަލް ކޯޓުގެ އާ އިމާރާތް އަންނަ އަހަރުގެ އޭޕްރިލްއަށް ނިމޭނެ: ރައީސް

Advertisement

އެންމެ ފަސް

Advertisement

ހުޅުމާލޭގައި ތަރައްގީ ކުރަމުންދާ ކްރިމިނަލް ކޯޓުގެ އާ އިމާރާތް އަންނަ އަހަރުގެ އޭޕްރިލްއަށް ނިންމޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބާއާއި ގުޅުވައިގެން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ.

ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އަންނަ އަހަރު ޝަރުއީ ދާއިރާއަށް ބޭނުންވާ ޖާގައިގެ ބޮޑެތި ކަންތައްތަކެއް ހައްލުވާނެ ކަމަށެވެ.

”ކްރިމިނަލް ކޯޓުގެ އިމާރާތް ހުޅުމާލެއަށް ބަދަލު ކުރުމުގެ މަސައްކަތް އަންނަ އަހަރު މާރިޗް/އޭޕްރިލްގައި ނިމޭނެ، ނިމުނީމަ އެތަނަށް ބަދަލުވެ، މަސައްކަތްތައް ބާރު ސްޕީޑްގައި ހިނގާނެ،“

ރައީސް ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓްގައި ހިމެނިފައިވާ ޝަރުއީ ދާއިރާގެ ސުޕީރިއާ ކޯޓުގެ ކޮމްޕްލެކްސް އިމާރާތް ހުޅުމާލޭގައި އެޅުމަށް އަމަލީ މަސައްކަތް ފެށިގެން ދާނެ ކަމަށެވެ.

މީގެ އިތުރުން، ސުޕްރީމް ކޯޓު ހުންނަން ވާނެ ކަަމަށް އެމަނިކުފާނަށް ގަބޫލުފުޅު ކުރެވެނީ މާލޭގައި ކަމަށާއި، މިދިޔަ ހަފްތާގައި އެ ކޯޓަށް ބިން ހަމަޖެހިގެން ގޮސްފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކްރިމިނަލް ކޯޓު ޖުމްހޫރީ ދުވަސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ