ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ނުހޯދިއްޖެ ނަމަ އެއީ މިނިވަން ކަމަށް އަރާ ބުރުލަކަށް ވެދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ޖުމްހޫރީ ދުވަހުގެ މުނާސަބާއާއި ގުޅުވައިގެން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ.
ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަކީ އެއްވެސް ސަރުކާރަކަށް ހައްލު ނުކުރެވި އެތަކެއް އަހަރަކަށް ދިގުލައިގެން ގޮސްފައިވާ މައްސަލައެއް ކަމަށެވެ.
އެމަނިކުފާނު ސަރުކާރު ހިންގެވުމާ ހަވާލުވެވަޑައިގަތުމަށް ފަހު ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ފިޔަވަޅުތައް އެޅިފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
އޭގެތެރޭގައި، ގަވާއިދާ ހިލާފަށް ބިދޭސީން ކުރަމުންދިޔަ ވިޔަފާރިތައް ހުއްޓުވުމުގެ މަސައްކަތާއި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ކަމަށް ފާހަގަކުރެވުނު ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގައި ޑީޕޯޓް ކުރުމާ އަދި ގަވާއިދުގެ ތެރެއަށް ބިދޭސީން ވެއްދުމުގެ މަސައްކަތް ކުރެވުނު ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
”މި ފެށޭ އަހަރުގެ އެޕްރީލް މަސް ނިމުމުގެ ކުރިން ގަވައިދާހިލާފަށް އުޅޭ ހުރިހާ ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގޭނެ. އަޅުގަނޑު ބޭނުން މި މައްސަލައަށް ދާއިމީ ހައްލެއް ގެންނަން، އެހެންނޫނިއްޔާ ހަގީގަތުގައި އެތެރެއިން މިނިވަން ކަމަށް އަންނަ ބުރުލަކަށް ވެސް މިކަން ވޭ އެބަ،“
ގަވައިދާ ހިލާފަށްއުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން މިހާތަނަށް 136 ރަށެއްގައި ޓީމުތައް މަސައްކަތްކޮށް، އުސޫލުން ބޭރުން އުޅޭ 10،000 އަށް ވުރެ ގިނަ މީހުންގެ ބަޔޯމެޓްރިކް ވަނީ ނެގިފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބިދޭސީންގެ މައްސަލަ ޖުމްހޫރީ ދުވަސް