5 މިލިއަނުން ދަށުގެ ހުރިހާ ބިލަކަށް ފައިސާ ދައްކައިފިން: ރައީސް

Advertisement

Advertisement

އެންމެ ފަސް

Advertisement

ސަރުކާރުން ދައްކަން ޖެހޭ ބިލުތަކުގެ ތެރެއިން 5 މިލިއަނުން ދަށުގެ ހުރިހާ ބިލަކަށް ފައިސާ ދައްކާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ސަރުކާރުން އާންމު ވިޔަފާރިތަކަށް ނުދައްކާ އޮތް ފައިސާގެ ތެރެއިން ދެ ހަފްތާވެފައިވާ ފަސް މިލިއަން ރުފިޔާއިން ދަށުގެ ހުރިހާ ބިލްތައް ދައްކާފައިވާ ކަމަށެވެ.

ސަރުކާރުން ރައްޔުތުން ލައްވާ މަސައްކަތް ކޮށްފައި ނުދީ އެތައް މިލިއަން ރުފިޔާއެއް އެބަހުރި. އަޅުގަނޑުމެން ވާނީ މިހާރު ދެ ހަފްތާއަށް ވުރެ ގިނަ ދުވަސްވެފައިވާ ފަސް މިލިއަނުން ދަށުން ދޭން ހުރި ބިލްތަކަށް ފައިސާ ދީ ނިންމާފައި. މިދިޔަ ހަފްތާގައި ވަނީ 501 މިލިއަން ރުފިޔާ ޖަމާކޮށްދީފައި. މިދިޔަ 51 ހަފްތާތެރޭގައި ޖުމްލަކޮށް 6.6 ބިލިއަން ރުފިޔާ ވަނީ އާންމު ވިޔަފާރިތަށްލައްވާ ކޮށްފައިވާ މަސައްކަތްތަކަށް ދީފައި.

މީގެ އިތުރުން ނިމިދިޔަ ސަރުކާރުން ފައިސާ ޗާޕުކުރި ނަމަވެސް މި ސަރުކާރުން އެކަން ހުއްޓާލާފައިވާކަންވެސް ރައީސް ވަނީ ފާހަގަ ކުރައްވާފަ އެވެ. އެގޮތުން ފައިސާ ޗާޕު ނުކުރާތާ މިހާރު 51 ހަފްތާ އާއި ދެ ދުވަސް ވެފައިވާކަމަށް ރައީސް ވިދާޅުވި އެވެ.

ދުވަހަކު ވެސް ރާއްޖެ ދަރަނިކޮށް ނުލާ ވަރަށް ދަރަނިކޮށްފައި ސަރުކާރު ހަވާލުކުރީ. އަށް ބިލިއަން ރުފިޔާ ޗާޕްކުރި ފަސް އަހަރު ތެރޭގައި. އަޅުގަނޑު ވައުދުވީ ފައިސާ ސާޕެއް ނުކުރާނެ ކަމަށް. މިހާރު 51 ހަފްތާ ދެ ދުވަސްވީ ފައިސާ ޗާޕްނުކުރާތާ.

ކުރިއަށް އޮތްތާވެސް ފައިސާ ޗާޕު ނުކުރާނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ވަނީ ދެއްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޖުމްހޫރީ ދުވަސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ