ރާއްޖެއަށް ސްޕޯޓްސް ޓޫރިޒަމް ތައާރަފް ކުރުމަށް ޔުވެންޓަސްއާއެކު މަޝްވަރާކޮށްފި

Advertisement

އެންމެ ފަސް

Advertisement

ރާއްޖެއަށް ސްޕޯޓްސް ޓޫރިޒަމް ތައާރަފް ކުރުމަށްޓަކައި އިޓަލީގެ މަޝްހޫރު ފުޓުބޯޅަ ކްލަބު ޔުވެންޓަސްއާއެކު ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ފައިސަލް މި މަޝްވަރާ ބައްދަލުވުން ކުރިއަށް ގެންދަވާފައިވަނީ ލަންޑަނުގައި ކުރިއަށްދާ ވޯލްޑް ޓްރެވެލް މާކެޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ބައްދަލުވުމަށް ފަހު މިނިސްޓަރު ފައިސަލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޔުވެންޓަސްގެ މަންދޫބުންނާއެކު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ. އަދި މި ބައްދަލުވުމުގައި ކުޅިވަރާއި ފަތުރުވެރިކަން ގުޅުވުމަށް އާ ފުރުސަތުތައް ހޯދުމަށް މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.

ޔުވެންޓަސް ފުޓްބޯޅަ ކްލަބުގެ މަންދޫބުންނާއެކު މިއަދު ބައްދަލުވުމެއް ބާއްވައި، ކުޅިވަރާއި ފަތުރުވެރިކަން ބްރިޖް ކުރުމަށް އާ ފުރުސަތުތަކާ މެދު މަޝްވަރާކުރެވުނު.

މިނިސްޓަރު ފައިސަލް ވަނީ ޔުވެންޓަސްއާއެކު މަސައްކަތްކޮށްގެން ދުނިޔޭގެ ފުޓުބޯޅަ ސަޕޯޓަރުންނާއި ރާއްޖެ ގާތް ކުރެވޭނެ ގޮތްތަކެއް ހޯއްދަވަމުން ގެންދަވާކަމަށް ވިދާޅުވެފަ އެވެ.

ކުރީގެ ޓުއަރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް މިނިސްޓްރީ އޮފް ޓޫރިޒަމް ޔުވެންޓަސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ