އައިޖީއެމްއެޗުން ވިޓްރިއޯރެޓިނަލް ސާޖަރީގެ ހިދުމަތް ރަސްމީކޮށް ފަށައިފި

Advertisement

އެންމެ ފަސް

Advertisement

މާލެ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގާ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލު (އައިޖީއެމްއެޗް) އާއި ދަރުމަވަންތަ ހޮސްޕިޓަލުގައި، ލޮލުގެ ނާޒުކު މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ބޭނުންވާ ވިޓްރިއޯރެޓިނަލް ސާޖަރީގެ ހިދުމަތް ރަސްމީކޮށް ފަށައިފި އެވެ.

މި ހިދުމަތް ފެށިކަން ހާމަކުރައްވައި، މާލެ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމް އެކްސްގައި ކުރެއްވިި ޕޯސްޓެއްގަ ވިދާޅުވީ، އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ އޮފްތަލްމޮލޮޖީ ޑިޕާޓްމަންޓުން، ކޮންސަލްޓަންޓް ސަބްސްޕެޝަލިސްޓް އިން ވިޓްރިއޯރެޓިނަލް ސަރޖަރީގެ ހިދުމަތް ފެށީ، ޑޮކްޓަރ މުހައްމަދު އައްޒާމްގެ ތަޖުރިބާގެ ދަށުން ކަމަށެވެ. ހަލީމް ވިދާޅުވީ، މިފަދަ ހައި ސްޕެޝަލައިޒްޑް ހިދުމަތްތަކެއް ރާއްޖޭގައި ފެށުމަކީ މާލޭ ގުރޫޕް އޮފް ހޮސްޕިޓަލްސްއަށް ލިބުނު މުހިންމު ކާމިޔާބީއެއް ކަމަށާއި، މި ކަމަށް ދެ އަހަރު ދުވަސް ނަގައިގެން މަސައްކަތް ކުރެވިފައިވާ ކަމަށެވެ.

ސީއީއޯ އިބްރާހިމް ހަލީމް ވަނީ މި ކާމިޔާބީގައި ބައިވެރިވި ފަރާތްތަކަށް ޝުކުރުވެސް އަދާކުރައްވާފަ އެވެ.

”މިއީ ދެ އަހަރު ދުވަހުން ހާސިލްކުރެވުނު އަގުހުރި ކުރިއެރުމެއް. މި ކާމިޔާބީ ހަޤީޤަތަކަށް ހެއްދެވުމުގައި އެހީތެރިވެދެއްވި ޑޮކްޓަރ އައްޒާމަށާއި، އޮފްތަލްމޮލޮޖީ ޓީމަށް ނިހާޔަތަށް ޝުކުރު ދަންނަވަން.“

ވިޓްރިއޯރެޓިނަލް ސާޖަރީ އަކީ ލޮލުގެ އެތެރޭގެ ނާޒުކު ބައިތަކަށް ފަރުވާ ދިނުމަށް ކުރާ މުހިންމު އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނަކީ ލޮލުގެ ފަހަތުގައިވާ އަލި އިހުސާސްކުރާ ފަށަލަ (ރެޓިނާ) އާއި ލޯފުރާފައިވާ ސާފު ޖެލް (ވިޓްރިއަސް ހިއުމަރ) ގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް ކުރާ އޮޕަރޭޝަނެކެވެ.

މާލެ ގުރޫޕް އޮފް ހޮސްޕިޓަލްސް އިން މިފަހުން ވަނީ އއެ ގުރޫޕްގެ ދަށުން ހިންގަމުން އަންނަ ގިނަ ހޮސްޕިޓަލްތަކެއްގައި އައު ހުދުމަތްތަކެއް ފަށާފަ އެވެ. އެގޮތުން މި މަހުގެ 9 ވަނަ ދުވަހު ވަނީ ދުވަސް ނުފުރާ އުފަންވާ ކުދިންނަށް ދޭ ރެޓީނާ ލޭޒާ ޓްރީޓްމަންޓްގެ ހިދުމަތްދޭން ފަށައިފަ އެވެ.

އައިޖީއެމްއެޗް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުލް ރައްޒާގް ހަލީމް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ