ކަނޑިތީމުގައި ފެނުގެ ޚިދުމަތް ދޭން ފަށައިފި

Advertisement

އެންމެ ފަސް

Advertisement

ށ. ކަނޑިތީމުގައި ކުރިއަށްދާ ފެނާއި ނަރުދަމާ މަޝްރޫޢުގެ މުހިންމު މަރުހަލާއެއް ނިމި، ރަށުގެ ރައްޔިތުންނަށް ފެނުގެ ޚިދުމަތް ދޭން ފަށައިފި އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން މައުލޫމާތު ދިންގޮތުގައި، މި މަޝްރޫޢުގެ ދަށުން ގާއިމުކުރެވުނު ފެނުގެ ނިޒާމު ވަނީ އޮޕަރޭޓަރާ ހަވާލުކޮށް، ރަސްމީކޮށް ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދޭން ފަށާފަ އެވެ. މި މަޝްރޫޢުގެ ދަށުން ކަނޑިތީމުގައި ގާއިމުކޮށްފައިވާ ފެނުގެ ވަސީލަތްތަކުގެ ތެރޭގައި 55 ޓަނުގެ 2 އާރްއޯ ޕްލާންޓާއި، 60 ޓަނުގެ ވާރޭ ފެން ޕްލާންޓެއް ހިމެނެ އެވެ. މީގެ އިތުރުން، 361 ޓަނުގެ ބޯފެން ރައްކާކުރާ 2 ޓޭންކާއި، 900 ޓަނުގެ ވާރޭ ފެން ރައްކާކުރާ ޓޭންކެއްވެސް ވަނީ ގާއިމުކޮށްފަ އެވެ.

މިހާރު މަޝްރޫޢުގެ ޑިފެކްޓްސް ލައަބިލިޓީ މުއްދަތުގެ މަސައްކަތްތައް ކުރިއަށްދާކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ. މި މުއްދަތުގައި، މަޝްރޫޢުގެ ތެރެއިން ފާހަގަކުރެވުނު ކުދިކުދި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެ އެވެ.

ށ. ކަނޑިތީމުގެ ފެނާއި ނަރުދަމާ މަޝްރޫޢު ފުރިހަމަވުމުން، ރަށުގެ ރައްޔިތުންނަށް ރައްކާތެރި ބޯފެނާއި ނަރުދަމާގެ ޚިދުމަތް ލިބި، ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ. އަދި މިއީ ސަރުކާރުން ރާއްޖޭގެ އެކި ރަށްރަށުގައި ހިންގާ ފެނާއި ނަރުދަމާގެ މަޝްރޫޢުތަކުގެ ތެރެއިން އެއް މަޝްރޫޢު ކަމަށާއި، މިފަދަ މަޝްރޫޢުތަކުން ރަށްރަށުގެ ތަރައްޤީއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށްވެސް މިނިސްޓްރީން ފާހަގަކޮށްފައިވެ އެވެ.

ށ. ކަނޑިތީމު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ