ޕީއެންސީ މެންބަރުންގެ އަތް މައްޗަށް ހިއްލޭނީވެސް އަތް ތިރިއަށް ދާނީވެސް ރައްޔިތުންގެ ހައްގުގައި: މަންޑޭ

Advertisement

އެންމެ ފަސް

Advertisement

ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ މެންބަރުންގެ އަތް މައްޗަށް ދާނީވެސް އަދި އަތް ތިރިއަށް ދާނީވެސް ރައްޔިތުންގެ ހައްގުގައިކަމަށް ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު (މަންޑޭ) ވިދާޅުވެއްޖެ އެވެ.

މަމްދޫހު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ސަޕްލިމެންޓްރީ ބަޖެޓަށް ބަހުސް ކުރުމުގެ މަރުހަލާގައި ވާހަކަދައްކަވަމުންނެވެ.

މެންބަރު މަމްދޫހު ވިދާޅުވީ ޕީއެންސީ މެންބަރުންނަކީ އެއްވެސް މީހެއްގެ އޯޑަރަށް މަސައްކަތް ކުރައްވާނެ މެންބަރުންނެއް ނޫން ކަމަށެވެ.

އަޅުގަނޑުމެންގެ 20 ވަނަ މަޖިލީހަކީ ވަކި ބޭފުޅެއްގެ އޯޑަރަކަށް މަސައްކަތް ކުރާ މަޖިލީހެއް ނޫން.

މަމްދޫހު ވިދާޅުވީ 19 ވަނަ މަޖިލީހުގައި، މިހާރުވެސް މަޖިލީހުގައި އިންނެވި އެމްޑީޕީ މެންބަރެއް، އެ ބޭފުޅުންގެ އަތް ހިއްލޭ ޑިގްރީ މަސައްކަތް ކުރަނީ ވަކި ބޭފުޅެއްގެ އޯޑަރަށްކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

މިއަދު މި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ، ކޮންގްރެސް ޕާޓީގެ މެންބަރުންގެ އަތް މައްޗަށް ހިއްލޭނީވެސް، އަތް ތިރިއަށް ދާނީވެސް ދިވެހި ލޮބުވެތި ރައްޔިތުންގެ ހައްގުގައި. މި ގައުމުގެ ހައްގުގައި.

އަދި ދިވެހި ރައްޔިތުންނަށް ނަފާ، ފައިދާ އަދި މަންފާ ވާނެ ކަންކަމުގައި ޕީއެންސީ މެންބަރުންގެ އަތް މައްޗަށް ހިއްލާނެކަމަށްވެސް މަމްދޫހު ވަނީ ވިދާޅުވެފަ އެވެ.

ރައްޔިތުންގެ މަޖިލިސް ކޮންގްރެސް ޕާޓީ އެމްޑީޕީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ