ކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް 4 ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލަށް ކުރިމަތި ލައްވާފައިވާ ފަރާތްތަކުގެ ތެރެއިން 4 ބޭފުޅަކަސް ރުހުން ދީފަ އެވެ.
މަޖިލީޙުން ރުހުން ދީފައިވަނީ:
- އަބްދުލް ޣަނީ މުޙައްމަދު، ހ. ހޯސްސައިޑް
- އިބްރާހިމް ޝަރީފް، ގ. އަލްޝާ
- ހަސަން ޒުހައިރު މުޙައްމަދު، ގ. މާވަރުލު
- ޝިފްޒާ އަބްދުލްގައްޔޫމް، ގަސްދޮށުގެ/ ގއ. ނިލަންދޫ
މި ބޭފުޅުންނަށް ރުހުންދޭން ފެންނަ ކަމަށް 68 މެންބަރުން ވޯޓު ދެއްވާފައިވެ އެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުންގެ ތެރެއިން 4 މެންބަރުންގެ މަގާމު ހުސްވީ އެ ޓްރައިބިއުނަލްގެ މެންބަރުންގެ މައްސަލައެއް މަޖިލީހުން ބެލުމަށްފަހު ހަތަރު މެންބަރެއް މަގާމުން ދުރުކުރުމުންނެވެ. ޓެކްސް އެޕީލް ޓްރައިބިއުނަލާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަ ޖުޑިޝަރީ ކޮމިޓީން ބަލާ އެކުލަވާލި ރިޕޯޓުގައި ވަނީ އެ ކޮމިޝަންގެ ފަސް މެމްބަރުންގެ ތެރޭގައި ހިމެނޭ މެންބަރު އިސްމާއިލް ސާޖިދު ފިޔަވައި ދެން ތިއްބެވި ހަތަރު މެންބަރުން ވަކިކުރުމަށް ރައީސް އަށް ލަފާއެރުވުމަށެވެ. އެ މެންބަރުންނަކީ ޓްރިބިއުނަލްގެ ރައީސް މުހައްމަދު މުނައްވަރު އަލީ، ޓްރިބިއުނަލްގެ ނައިބު ރައީސް ހުސެއިން ޒައިދާން ޖަލީލު، މެންބަރު އަހްމަދު އަޝްރަފް އަދި މެންބަރު ހަދީޖާ ނައީމް އެވެ.
މީގެއިތުރުން ޓްރައިބިއުނަލްގެ ބައެއް މެންބަރުންގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކުރާ ކަމަށާއި، ނުޙައްޤު މުއްސަނދިކަމާއި ކޮރަޕްޝަންގެ ތުހުމަތުތަކެއް ކޮށްފައިވާތީ، އެ ކަންކަން ހިނގާފައިވާގޮތް ތަހުގީގު ކުރުމަށް އޭސީސގައި ދެންނެވުމަށްވެސް ފާސްކޮށްފައިވެ އެވެ.