ޓެކްސް އެޕީލް ޓްރައިބިއުނަލަށް 7 އަހަރުން ނިންމުނީ ދެ މައްސަލަ: މެންބަރު ޠާރިގު

Advertisement

އެންމެ ފަސް

Advertisement

ޓެކްސް އެޕީލް ޓްރައިބިއުނަލުން މިދިޔަ ހަތް އަހަރު ދުވަހުގެ ތެރޭގައި ނިންމާފައިވަނީ އެންމެ ދެ މައްސަލަ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ޠާރިގު (ޓޮމް)، ޓެކްސް އެޕީލް ޓްރައިބިއުނަލެއް ވަކިިން އޮތުމުގެ ބޭނުމާއިމެދު ސުވާލު އުފައްދަވައިފި އެވެ.

މިއަދު ބޭއްވުނު މަޖިލީހުގެ ޖަލްސާގައި، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ ހަތަރު މަގާާމަށް މެންބަރުން އައްޔަނުކުރުމާ ގުޅޭ މައްސަލައަށް ވާހަކަދައްކަވަމުން ޓޮމް ވިދާޅުވި ގޮތުގައި، ދިވެހިރާއްޖޭގައި ޓެކްސް އެޕީލް ޓްރައިބިއުނަލް ފަދަ މުއައްސަސާތައް ވަރަށް ގިނަ އެވެ. ނަމަވެސް އެ މުއައްސަސާތަކުން ކުރާ މަސައްކަތްތަކާއި ނެރެވޭ ނަތީޖާ މަދުކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ޓޮމް ވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލުން ކޮށްފައިވާ ގިނަ ހަރަދުތަކެއް ފާހަގަކުރައްވާފަ އެވެ. އެގޮތުން މިދިޔަ އެމްޑީޕީ ވެރިކަމުގައި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ އޮފީސް އިމާރާތެއް ހެދުމަށްޓަކައި ބޮޑު ޚަރަދެއް ކޮށްފައިވާ ކަމަށާއި، އަމިއްލަ މީހެއްގެ އިމާރާތުގައި ހުންނަ އެތަނުގެ ކުއްޔަށް މަހަކު 3 ލައްކަ 75 ހާސް ރުފިޔާ ދައްކަން ޖެހޭކަމަށް ޓޮމް ވިދާޅުވި އެވެ.

”ޓެކްސް އިދާރާއިން ހުށަހަޅާ މައްސަލަތަކާއިމެދު ހިތްހަމަ ނުޖެހުނީމަ އެޕީލް ކުރަން އުފައްދާފައިވާ ޓްރައިބިއުނަލްއަށް މީހުން މައްސަލަ ހުށަނޭޅުމަކީ ވިސްނަން ޖެހޭ ކަމެއް، ހުށަހަޅާ މައްސަލަ މަދުއިރު އެތަނަށް ހުށަހެޅޭ މައްސަލަތައްވެސް ނުނިންމޭ،“ ޓޮމް ވިދާޅުވި އެވެ.

މީގެއިތުރުން، ޓޮމް ވަނީ ޓެކްސް އިދާރާއިން ހުށަހަޅާ މައްސަލަތަކާއި މެދު ހިތްހަމަ ނުޖެހުމުން ކޯޓުގެ ނިޒާމުގެ ތެރެއިން އެ މައްސަލަ ހުށަހެޅޭނެ ގޮތް ހެދުމަށް މަޖިލީހުގެ މެންބަރުންނަށް ގޮވާލައްވާފަ އެވެ.

ރައްޔިތުންގެ މަޖިލިސް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިޤް (ޓޮމް) ޓެކްސް އެޕީލް ޓްރިބިއުނަލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ