މަންމަ މަރާލަން އުޅުނު ދަރިފުޅުގެ ބަންދަށް 10 ދުވަސް ޖަހަން ކޯޓުން ނިންމައިފި އެވެ.
ފުލުހުން ބުނީ ހޯމަ ދުވަހުގެ ރޭ ހިނގި މި މައްސަލައާއި ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައި ކަމަށެވެ.
ފުލުުހުން ބުނީ މި ހާދިސާގެ ހިލަމެއްވީ ފޭސް 2 ގެ އެޕާޓްމެންޓެއް ތެރެއިން އަންހެނަކު ރޯ އަޑު އިވުމަށްފަހު ލިބުނު ރިޕޯޓަކަށް ފަހު ކަމަށެވެ.
“ހުޅުމާލެ ފޭސް 2 (އެޗް13) ގެ އެޕާޓްމެންޓަކުން އަންހެނަކު ރޯ އަޑު އިވޭ ކަމަށް ބުނެ އިއްޔެ (ހޯމަ ދުވަހުގެ ރޭ) 18:17 އެހާކަށްހާއިރު ރިޕޯޓްކޮށްފަވޭ”
މި ރިޕޯޓާ ގުޅިގެން ފުލުހުން ގޮސް އެ އެޕާޓްމެންޓްގެ ދޮރުގައި ޓަކި ޖެހުމުން އަންހެނަކު ދޮރު ހުޅުވާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ އަންހެން މީހާގެ ދަރިފުޅު، ހ. އެހަޑަ، މުހައްމަދު އިސްމާއީލް (28އ)، އެ އަންހެންމީހާއަށް އަނިޔާކޮށް ވަޅިން ހަމަލާދީ މަރާލާނެ ކަމަށް ބުނެ އިންޒާރުދީ އަދި ފޯން ފޭރިގެން ގޮސްފައިވާ ކަމަށް ބުނެފައިވާ ކަމަށެވެ.
އަންހެން މީހާއަށް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު ވަނީ މިހާރު ދޫކޮށްލާފަ އެވެ.


