ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް އާސަންދަ ނުދޭން ގޮވާލައިފި

Advertisement

އެންމެ ފަސް

Advertisement

ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް އާސަންދަ ނުދޭން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ގޮވާލައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސް ބޮޑުކުރުމާ ގުޅޭ ބިލުގެ ބަހުސް ވަނީ ކުރިއަށް ގެންގޮސްފަ އެެވެ. ދިވެހިރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓްގެ ގާނޫނަށް އިސްލާހު ގެނައުމަށް އެ ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު އެވެ.

މި ބަހުސްގައި ވާހަކަ ދައްކަވަމުން މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހަޅާފައިވަނީ އާމްދަނީ އިތުރު ކުރުމަށް ނޫން ކަމަށެވެ.

މުހައްމަދު އިސްމާއިލް ވިދާޅުވީ ސަރުކާރުގެ ފަރާތުން މި ބިލު ހުށަހަޅުއްވާފައިވަނީ ރައްޔިތުންނަށް ދުޅަހެޔު މުސްތަގުބަލެއް ގާއިމުކޮށްދިނުމަށް ކަމަށާއި އަދި ވޭޕްގެ އަވާގައި ޖެހިފައިތިބި ޒުވާނުންގެ ޖީލު ސަލާމަތް ކުރުމަށް ކަމަށެވެ.

ސިނގިރޭޓާއި ދުންފަތުގެ ބާވަތްތައް ބޭނުންކުރުމުން ބޮޑެތި ބަލިތައްވާ ކަމަށާއި އަދި އާސަންދަ ބޭނުންކޮށްގެން އެމީހުންނަށް ފަރުވާކުރަންޖެހޭކަން މެންބަރު ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ މި އިސްލާހު މަޖިލީހުން ނިމިގެން އަންނައިރު ސިނގިރޭޓު ބޭނުންކުރާ މީހުންނަށް އާސަންދައިން ބަލިވެގެން ބޭސްކޮށް ނުދިނުން ވެސް އޮންނަންޖެހޭ ކަމަށެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލުގައި ވަނީ ސިނގިރޭޓާއި ވޭޕް އަދި ދުންފަތުގެ އެހެން ބާވަތްތަކުން ނަގާ ޓެކްސް ބޮޑު ކުރުމަށް ނިންމާފަ އެވެ. އިސްލާހުގައިވާ އާ ރޭޓުގެ ދަށުން އާ އިމްޕޯޓު ޑިއުޓީ ނަގަން ފަށާނީ ނޮވެމްބަރު މަހުުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.

ރައްޔިތުންގެ މަޖިލިސް އާސަންދަ މުހައްމަދު އިސްމާއިލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ