ޔޫއޭއީ އެމްބަސީ ހިންގި ތަނަށް ކުލި ނުދެއްކި މައްސަލަ ހައިކޯޓަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

މާލޭގައި ހުންނަ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އެމްބަސީ ހިންގި އިމާރާތުގެ ކުލި ހޯދުމަށް ސިވިލް ކޯޓުގައި ދައުވާކުރި މައްސަލަ އެ ކޯޓުގައި ނުބެލޭނެ ކަމަށް ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.

ޔޫއޭއީ އެމްބަސީ ހިންގަމުން ގޮސްފައިވަނީ ގ. ނިއުޝާގެ ތިން ފަންގިފިލާއެއްގަ އެވެ. ޔޫއޭއީ އެމްބަސީ ހިންގުމަށް އެ ތިން ފަންގިފިލާ ކުއްޔަށް ދޫކޮށްފައިވަނީ 1 މެއި 2020 އިން އޮކްޓޫބަރު 2022 ގެ ނިޔަލަށެވެ. އޭރު އެ އިމާރާތަކީ ކޮންސްޓްރަކްޝަން-ލީސް އެއްބަސްވުމެއްގެ ދަށުން އެހެން ފަރާތަކާއި ހަވާލުކޮށްފައިވާ އިމާރާތެއް ކަމުން ތިން ފަންގިފިލާ ކުއްޔަށް ހިފުމުގެ މުއާމަލާތް އެމްބަސީގެ ފަރާތުން ކޮށްފައިވަނީ އެފަރާތާއި އެކު އެވެ. އޭގެފަހުން ދައުވާ ކުރާ ފަރާތް ކަމަށްވާ އާމިނަތު އަހުމަދު ދީދީގެ ހިޔާޒަތުގެ ދަށަށް އިމާރާތް ބަދަލުކުރެވުމުން އެކަން އެމްބަސީއަށް އެންގުމުން ވަނީ އެތަން ހުސް ކުރުމުގެ މަސައްކަތް ކުރާ ކަމަށް ބުނެފަ އެވެ.

ދައުވާ ކުރާ އާމިނަތު އަހުމަދު ދީދީގެ ފަރާތުން ސިވިލް ކޯޓުގައި އެދުނީ އެތަން ހުސްކުރުމާ ހަމައަށް ކުލީގެ ގޮތުގައި ލިބެންޖެހޭ ފައިސާއާއި އެއްވެސް ނޯޓިސްއެއް ދިނުމަކާ ނުލާ އެއްބަސްވުން އުވާލާފައިވާތީ 3 މަސްދުވަހުގެ ކުއްޔަށްވާ ފައިސާއާއި ގާނޫނީ ހަރަދާ އެކު ޖުމުލަ 92،427 އެމެރިކާ ޑޮލަރު ނަގައިދިނުމަށެވެ.

ސިވިލް ކޯޓުން 12 ސެޕްޓެމްބަރު 2024 ގައި މި މައްސަލައިގައި ނިންމާފައިވަނީ، މިއީ ސިވިލް ކޯޓުގައި ކުރިއަށް ގެންދެވޭނެ ދައުވާއެއް ނޫން ކަމަށެވެ. އެގޮތަށް ނިންމާފައިވަނީ، ޔޫއޭއީ އެމްބަސީއަކީ ޑިޕްލޮމެޓިކް އިމްތިޔާޒް ލިބިފައިވާ ފަރާތެއްކަމުގައިވާތީ އެވެ. ސިވިލް ކޯޓުގެ މި ނިންމުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ މިދިޔަ ހަފުތާގަ އެވެ.

މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ބުނެފައިވަނީ، މައްސަލައެއްގައި ދައުވާ ލިބޭ ފަރާތަކީ ދިވެހި ސަރުކާރުން ޑިޕްލޮމެޓިކް އިމްތިޔާޒު ދީފައިވާ ފަރާތެއްނަމަ އެެފަދަ ފަރާތެއްގެ މައްޗަށް ދިވެހިރާއްޖޭގެ ކޯޓެއްގައި ދައުވާ އުފުލައިގެން ނުވާނެ ކަމަށެވެ. މީގެއިތުރުން ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގެ އިމާރާތުގެ ކުލި ނުދެއްކި މައްސަލާގައި ސުޕްރީމް ކޯޓުން ވެސް ވަނީ ރާއްޖޭން ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސްގައި ބައިވެރިވެފައިވާތީ އެމްބަސީތަކާ ދެކޮޅަށް ރާއްޖޭގެ ކޯޓުތަކުގައި ދައުވާ ނުކުރެވޭނެ ކަމަށް ކަނޑައަޅާފަ އެވެ.

ހައި ކޯޓު ެ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ