ރާއްޖެ މިސާލަކަށް ނުނަގާ، ގާނޫނު ތަންފީޒުކުރުމަށް އިސްކަންދޭންވީ: މެލޭޝިޔާ ހެލްތް މިނިސްޓަރު

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖެ ފަދަ އެހެން ގައުމުތަކުން ވޭޕް މަނާކުރުމުގެ މިސާލު ނުނަގާ، ހެދިފައިވާ ދުންފަތުގެ އިސްތިއުމާލުކުރުމާއި ބެހޭ ގާނޫނުތައް ތަންފީޒުކުރުމަށް މެލޭޝިޔާއިން އިސްކަންދޭން ޖެހޭ ކަމުގައި އެގައުމުގެ ހެލްތް މިނިސްޓަރު ޑރ. ޒުލްކިފްލީ އަހްމަދު ވިދާޅުވެއްޖެ އެވެ.

ޖުލްކިފްލީ މިހެން ވިދާޅުވީ ޖޮމްކުއިޓް ޕޯޓަލްގެ އެންމެ ފަހުގެ ޗެޓްބޮޓް ޕްރޮގްރާމް “ސިކް އީރާ ޗެޓްބޮޓް” ލޯންޗު ކުރެއްވުމަށްފަހު ޕްރިންސް ކޯޓް މެޑިކަލް ސެންޓަރުގައި އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

ވޭޕް މަނާކޮށްފައިވާ ރާއްޖެ ފަދަ ގައުމުތަކުން މިސާލު ނެގުމާއި ގުޅޭގޮތުން ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުވާލު އަމާޒުވުމުން ހެލްތު މިނިސްޓަރު ވިދާޅުވީ މެލޭޝިއާ އިން އޭގެ ބަދަލުގައި ބަލަންވީ ދުންފަތުގެ އިސްތިއުމާލުކުރާ އުފެއްދުންތައް ކޮންޓްރޯލް ކުރުމުގެ ގާނޫނު ތަންފީޒު ކުރުމަށް ކަމުގައި ވިދާޅުވި އެވެ.

”އަޅުގަނޑުމެން އެއްވެސް ގައުމަކުން މިސާލު ނަގަން ނުޖެހޭ. މި ގާނޫނު ޑްރާފްޓް ކުރުމުގެ ކުރީކޮޅު ދުނިޔޭގެ އެކި ކަންކޮޅުތަކުން ބެންޗްމާކްތަކާއި އެންމެ ރަނގަޅު އުސޫލުތައް އަޅުގަނޑުމެން ނެގީ. އެހެން ނަމަވެސް މި ހިސާބުން މިހާރުވެސް ދުންފަތުގެ އިސްތިއުމާލުކުރާ ތަކެތި ރެގިއުލޭޓްކޮށް، ގާނޫނު ތަންފީޒުކޮށް، އެކަމަށް އަމަލުކުރަންޖެހޭ ގަވާއިދުތަކަށް އަމަލުކުރާނެ ހަރުދަނާ ގާނޫނެއް މިހާރުވެސް އެބައޮތް މެލޭޝިޔާގައި“

މިއަހަރުގެ ނޮވެމްބަރު 15 އިން ފެށިގެން ވޭޕަރައިޒާ ޑިވައިސްތަކާއި އެކްސެސަރީޒް އަދި ބައިތައް އެތެރެކުރުން މަނާކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ފެށުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައި ވެއެވެ.

ޑިސެމްބަރު 15 އިން ފެށިގެން މުޅި ރާއްޖޭގައި ވެޕަރައިޒާ ޑިވައިސްތައް ގެންގުޅުމާއި، ބޭނުންކުރުމާއި، އުފެއްދުމާއި، ވިއްކުމާއި، ޕްރޮމޯޓްކުރުމާއި، ބެހުން މަނާކުރުމަށް ސަރުކާރުން ނިންމާފައި ވެއެވެ.

ގިނަގިނައިން ވޭޕްގެ އުފެއްދުން ބޭނުންކުރުމުން ނިކޮޓިން އެޑިކްޝަންގެ އިތުރުން އޭގައި ހިމެނޭ ފްލޭވަރިން އާއި އެޑިޓިވް އެޖެންޓްސް ބޭނުންކުރުމުން ކާސިނޯޖެނިކް ކޮމްޕައުންޑްތައް އުފެދިދާނެތީ ދުނިޔޭގެ ފެންވަރުގައި އާންމު ސިއްހަތުގެ މައްސަލައިގައި ބޮޑެތި ކަންބޮޑުވުންތައް އުފެދިފައިވާ ކަމަށް ސިއްހަތާއި ބެހޭ މާހިރުން ބުނެ އެވެ.

ރާއްޖެ - މެލޭޝިޔާ މެލޭޝިޔާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ