މެލޭޝިޔާގެ މިނިވަން ދުވަހުގެ ތަހުނިޔާއާއެކު ރައީސް ވިދާޅުވީ ގުޅުން އިތުރަށް ވަރުގަދަވެނެކަމަށް

Advertisement

އެންމެ ފަސް

Advertisement

ދިވެހި ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ، މެލޭޝިޔާގެ މިނިވަންދުވަހު ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސް އޮފީހުން ހާމަކުރި ގޮތުގައި ރައީސް ވަނީ އެގައުމުގެ ރަސްގެފާނު ހިޒް މެޖެސްޓީ ސުލްޠާން އިބްރާހީމާއި ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ވަކިވަކިން ތަހުނިޔާގެ މެސެޖު ފޮނުއްވާފައެވެ. އެ މެސެޖުގައި މިއަހަރުގެ އޭޕްރީލްމަހު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ސަބަބުން ދެޤައުމުގެ މެދުގައި އޮތް އެއްބައިވަންތަކަމާއި ޒަމާންވީ ގުޅުން އިތުރަށް ވަރުގަދަވެފައިވާކަމަށް ވިދާޅުވި ކަމަށެވެ.

ރާއްޖެއާއި މެލޭޝިޔާއާ ދެމެދުގައި އޮންނަ ގުޅުން ކުރިއަށް އޮތްތަނުގައިވެސް އިރުރަށް ބަދަހިވެ، އިޤްތިޞާދީގޮތުން އެގުޅުން ފުޅާވެ، ދެޤައުމުގެ ރައްޔިތުންނަށްވެސް އިތުރުފުރުޞަތުތައް ލިބިގެންދާނެކަމުގެ ޔަޤީންކަން އެބައޮތްކަން އެ މެސެޖުގައި ރައީސް ފާހަގަކުރެއްވި ކަމަށް ވެސް އެ އޮފީހުން ބުނެފައިވެއެވެ.

ރައީސްގެ ރަސްމީ އެކްސް އެކައުންޓްގައި ވެސް މެލޭޝިޔާގެ މިނިވަންދުވަހުގެ ތަހުނިޔާ މެސެޖެއް ވެސް ޕޯސްޓު ކުރައްވާފައިވެއެވެ. އެ މެސެޖުގައި ރައީސް ވިދާޅުވީ މެލޭޝިއާއަކީ މުހިންމު ބައިވެރިއެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދެ ޤައުމުން ގުޅިގެން އިތުރަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - މެލޭޝިޔާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ