މެލޭޝިއާ އެއާލައިނުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ، ހަފްތާއަކު 11 ފްލައިޓް ބާއްވާނެ

Advertisement

އެންމެ ފަސް

Advertisement

މެލޭޝިއާގެ ގައުމީ އެއާލައިން، މެލޭޝިއާ އެއާލައިންސްއިން ރާއްޖެއަށް ކުރަމުންދާ ދަތުރުތައް އިތުރުކުރަން ނިންމައިފިއެވެ.

މެލޭޝިއާ އެއާލައިންސްއިން ބުނި ގޮތުގައި މިހާރު ދުވާލަކު އެއް ފްލައިޓް އޮޕަރޭޓްކުރަމުންދާއިރު، ކުރިއަށް އޮތް ފިނި މޫސުމުގެ ސީޒަނަށް ހަފްތާއަކު 11 ފްލައިޓަށް އިތުރުކުރުމަށް ވަނީ ނިންމާފައެވެ.

އެއާލައިނުން މަޢުލޫމާތު ދީފައިވާ ގޮތުގައި އިތުރުކުރާ ދަތުރުތައް ފަށާނީ އޮކްޓޯބަރު 30 އިން ފެށިގެންނެވެ. އިތުރުކުރާ ދަތުރުތައް އޮޕަރޭޓްކުރާނީ ހަފްތާގެ ހޯމަ، ބުދަ، ހުކުރު އަދި އާދީއްތަ ދުވަހުއެވެ. މި ދަތުރުތަކުގައި ބޭނުންކުރާނީ 174 މީހުންގެ ޖާގައިގެ ބޯއިންގ 737 މެކްސް-8 މަރުކާގެ މަތިންދާބޯޓުތަކެވެ.

މިހާރުވެސް ރާއްޖެއާއި މެލޭޝިއާއާ ދެމެދު ސީދާ ދަތުރުތައް އޮޕަރޭޓްކުރަމުންދާ އެއާ އޭޝިއާއިން ހަފްތާއަކު 17 ދަތުރު ކުރަމުންދާއިރު، ބަޓިކް އެއާއިން ހަފްތާއަކު ހަތް ދަތުރު ކުރަމުން ގެންދެއެވެ.

ފާހަގަކޮށްލެވޭ ކަމަކީ ހަމައެކަނި މެލޭޝިއާ އެއާލައިންސްއިން އެކަންޏެއް ނޫން، ކުރިއަށް އޮތް ފިނި މޫސުމުގެ ސީޒަނަށް އެހެން އެއާލައިންތަކުން ވެސް ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމާފައިވާކަމެވެ. މިކަމަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމެއް ކަމުގައި ފާހަގަކުރެވެއެވެ.

ރާއްޖެ - މެލޭޝިޔާ ފަތުރުވެރިކަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ