އެއާޕޯޓް ޓެކްސް ބޮޑުކުރުމުން ޓޫރިސްޓުން ރާއްޖެ އަންނަވަރު މަދެއް ނުވާނެ: މެންބަރު މަމްދޫހު

Advertisement

Advertisement

އެންމެ ފަސް

Advertisement

އެއާޕޯޓް ޓެކްސް ބޮޑުކުރުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މަދުނުވާނެކަމަށް ވިދާޅުވެ، އިދިކޮޅު އެމްޑީޕީން ދައްކާ ވާހަކަތަކަށް ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހް ރައްދުދެއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހްގެ ބަހުސް މަރުހަލާގައި ވާހަކަދައްކަވަމުން މެމްބަރު މަމްދޫހް ވިދާޅުވީ ރާއްޖޭގެ އިޤްތިސާދު އެންމެ ގޯހުން ދިޔަ ވަގުތުގައިވެސް އެމްޑީޕީގެ ސަރުކާރުން ރައްޔިތުންގެ ޖީބުން ޓެކްސް ނަގައި، ދައުލަތަށް އާމްދަނީ އިތުރުކުރި ކަމަށެވެ. އަދި އެއީ އެންމެ ރަނގަޅުކަމެއްގެ ގޮތުގައި އޭރު އެމްޑީޕީން ގަބޫލުކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް މި ސަރުކާރުން ކަންކަން ކުރަނީ ރައްޔިތުންނަށް އަސަރު ނުކުރާނެ ގޮތްތައް ބަލައިގެންކަން ފާހަގަކުރައްވަމުން މަމްދޫހް ވިދާޅުވީ ޓެކްސްގެ ޤާނޫނުތަކަށް ސަރުކަރުން ހުށަހަޅާފައިވާ އިސްލާހްތަކުގެ ސަބަބުން ރައްޔިތުންނަށް އޭގެ އަސަރެއް ނުކުރާނެ ކަމަށެވެ. އަދި އެއާޕޯޓް ޓެކްސް ފަދަ ޓެކްސްތައް ބޮޑުކުރުމަށް ސަރުކާރުން ނިންމުމަށް ފަޑުކިޔައި، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދަށަށްދާނެ ކަމަށް އެމްޑީޕީން ބުނި ނަމަވެސް، އެހެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

”މި އިސްލާހުތައް ގެނެވޭއިރު މަޖިލީހުގެ ބައެއް މެންބަރުން ފާހަގަކުރައްވާ ފަތުރުވެރިން މި ރާއްޖެއަށް އައުން މަދުވާނެ އޭ ބުނާ ވާހަކައާ އަޅުގަނޑަކަށް އެއްބަސް ވެވޭކަށް ނެތް.“

މަމްދޫހް ވިދާޅުވީ، އެގޮތަށް ބިލުތަކަށް ވާހަކަދައްކާއިރު މާޒީގެ ތެރެއިން އަހަރުން އަހަރަށް ހިސާބުތައް ބަލަންޖެހޭ ކަމަށެވެ. އެގޮތުން 2012 ވަނަ އަހަރު އެމްޑީޕީގެ އަތުން ވެރިކަން ބީވެގެން ދިއުމާ އެކީގައި ރާއްޖޭގެ ފަތުރުވެރިކަން ބޮއިކަޓްކުރަން އެމްޑީޕީގެ ލީޑާޝިފުން ގޮވަމުން ދިޔަކަން މަންޑޭ ވިދާޅުވި އެވެ.

މަމްދޫހް ވިދާޅުވި ގޮތުގައި މިހާރު ފެންނަން ހުރި މަންޒަރުތަކަށް ބަލާއިރު، ރާއްޖޭގެ ފަތުރުވެރިކަން އަންނާނީ ރަނގަޅުވަމުން ކަމަށެވެ.

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުން އިސްލާހެއް ހުށަހަޅާފައިވަނީ ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތްތަކުން ނަގާ ޓެކްސް 17 އިންސައްތައަށް އިތުރު ކުރުމަށެވެ. ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހަޅާފައިވަނީ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހިމް އެވެ.

މި އިސްލާހުގައި ވަނީ އަންނަ އަހަރުގެ މޭ 31 ގެ ނިޔަލަށް މިހާރުވެސް ޓީޖީއެސްޓީ ނަގަމުން އަންނަ މިންވަރުކަމަށްވާ 16 އިންސައްތައިގައި ހިފެހެއްޓުމަށް ފަހު ޖޫން 1، 2025 އިން ފެށިގެން އެ އަދަދު 17 އިންސައްތައަށް ބަދަލު ކުރުމަށެވެ.

ރައްޔިތުންގެ މަޖިލިސް ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ