ރާއްޖޭގައި ލޮނު ބޭނުންކުރާ މިންވަރަށް އެޗްޕީއޭގެ ކަންބޮޑުވުން

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގައި ލޮނު ބޭނުންކުރާ މިންވަރު މަތިކަން އެޗްޕީއޭއިން ފާހަގަކޮށްފި އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އާއި ހަވާލާދީ އެޗްޕީއޭއިން މިގޮތަށް ބުނީ އިއްޔެ ފާހަގަކުރި ދުނިޔޭގެ ހިތުގެ ދުވަހާއި ގުޅިގެން ނެވެ.

މާގިނައިން ލޮނު ބޭނުންކުރުމަކީ ސިއްހީ ގޮތުން ބޮޑެތި ނުރައްކާތަކެއް ކުރިމަތިވާ ކަމެއް ކަމަށާއި، ދުވާލަކު ރަނގަޅު މިންވަރަށް ވުރެ ގިނައިން ލޮނު ބޭނުންކުރުމަކީ ސިއްހީ ތަފާތު މައްސަލަތައް ކުރިމަތިވާނެ ކަމެކެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ކުރިއަށް ގެންދިޔަ ސްޓެޕް ސާވޭއަކުން ދައްކާ ގޮތުގައި 70.3 އިންސައްތަ މީހުން ލޮނު ބޭނުންކުރަނީ ލަފާދޭ ވަރަށް ވުރެ ގިނައިން ނެވެ. ލޮނު ގިނައިން ބޭނުންކުރުމުގެ ނަތީޖާއެއްގެެ ގޮތުން ލޭގެ ޕްރެޝަރު މަތިވުމުން ވެސް ފުޅާވެގެންދެ އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މިއީ ދިފާއީ ނިޒާމަށް ނޭދެވޭ އަސަރުތަކެއްކޮށް، އެކި ބެކްޓީރިއާތަކުގެ ސަބަބުން ސިއްހީ މައްސަލަތަކަށް މަގުފަހިކުރުން އިތުރުކޮށްދޭ ކަމެކެވެ. މީގެ އިތުރުން، ލޮނު ގިނައިން ބޭނުންކުރުމަކީ ހާޓް އެޓޭކާއި ސްޓްރޯކް ޖެހުމުގެ ނުރައްކާ ބޮޑުވުމާ ގުޅުން ހުރި ކަމެއް ކަމަށާއި ކިޑްނީގެ މައްސަލަތައް ހުންނަ ފަރާތްތަކުން ވަކިން ސަމާލުވާން ޖެހޭ ކަމެއް ކަމަށް ބުނެފައި ވެއެވެ.

ޑަބްލިޔުއެޗްއޯ އިން ލަފާދެނީ ދުވާލަކު ލޮނު ކެއުން ގާތްގަނޑަކަށް  5 ގްރާމަށް ވުރެ މަތިކޮށްގެން ނުވާނެ ކަމަށެވެ. ނަމަވެސް ގިނަ ބަޔަކު ގަވާއިދުން މި މިންވަރަށް ވުރެ މާ ގިނައިން ލޮނު ބޭނުން ކުރެ އެވެ.

ލޮނު ކެއުން މަދުކުރުމަކީ ހިތުގެ ސިއްހަތަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމެކެވެ. ލޮނުގެ ބަދަލުގައި މޭވާއާއި ތަރުކާރީ ކެއުމުގައި ހިމެނުމަކީ ޖުމްލަކޮށް ދުޅަހެޔޮކަން އިތުރުކޮށްދޭނެ ކަމެކެވެ. އަދި ޕެކޭޖްކޮށްފައިވާ ކާނާތަކުގައި ހުންނަ ލޮނުގެ މިންވަރު ނިއުޓްރިޝަނަލް ލޭބަލްތައް ޗެކްކޮށްގެން މޮނިޓަރ ކުރުމަކީ ވެސް ކޮންމެހެން ކުރަންޖެހޭނެ ކަމެއްގެ ގޮތުގައި އެޗްޕީއޭ އިން ބުނެފައި ވެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ޑަބްލިއުއެޗްއޯ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ