ކަމަދޫ ރައްޔިތުންނަށް އަމިއްލަ ވޯޓާ ޕާކެއް

Advertisement

Advertisement

އެންމެ ފަސް

Advertisement

ބ. ކަމަދޫ ކައުންސިލުން އެ ރަށުގައި ވޯޓާ ސްޕޯޓްސް ޕާކެއް ތަރައްގީ ކުރުމުގެ ޕްލޭނެއް އެކުލަވާލައިފި އެވެ.

ވޯޓާ ޕާކުގެ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހަދަން ޕާޓީތަކެއް ހޯދަން ކައުންސިލުން އިއުލާންކޮށްފައި ވެއެވެ.

ކައުންސިލްގެ ރައީސް ހަސަން ޒަރީރު ”ޖަވިޔަނި“ އާއި ވާހަކަ ދައްކަވަމުން ވިދާޅުވީ، މިއީ ކުރީ ސަރުކާރުގެ ވެރިކަމުގައި ކައުންސިލުން ހުށަހެޅި މަޝްރޫއުއެއް ކަމަށެވެ. ޖުމްލަ 500،000 ރުފިޔާގެ އަގުހުރި ކަމަށް ލަފާކޮށްފައިވާ މި މަޝްރޫއުގެ މަސައްކަތް 2 ފޭސްއަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ކައުންސިލަރ ވިދާޅުވި އެވެެ. ފުރަތަމަ ފިޔަވަހީގެ މަސައްކަތް މިއަހަރު ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޒަރީރު ވިދާޅުވި އެވެ. މި ވޯޓަރ ޕާކުގައި ސްލައިޑުތަކާއި އިތުރު ކުޅިވަރުތައް ހިމެނޭ ގޮތަށް ކުރަހާފައި ވެއެވެ.

ޒަރީރު ވިދާޅުވީ، ވޯޓަރ ޕާކްއަށް ބޭނުންވާ ސާމާނު ހޯދުމަށް ކޮންޓްރެކްޓަރަކާއި މިހާރު ހަވާލުކޮށްފައިވާ ކަމަށާއި، 40 ދުވަސްތެރޭ އެތަކެތި ލިބޭނެ ކަަމަށާއި އެހާތަނަށް އީއައިއޭގެ މަސައްކަތްތައް ނިންމަން ބޭނުންވާ ކަމަށެވެ.

ފުރަތަމަ ފިޔަވަހީގެ ދަށުން ރަށުގެ ގޮނޑުދޮށް ކައިރީގައި ހަޓްތަކަކާއި ކުޑަތަކަކާއި ވޯޓާ ސްލައިޑެއް ބެހެއްޓުމަށް ހަމަޖެހިފައި ވެއެވެ. އަދި ރަށުގެ ރައްޔިތުންނަށް ބާބަކިއު ހެދޭނެ ގޮތަށްވެސް އިންތިޒާމްކުރުމަށް ހަމަޖެހިފައިވާ ކަމަށް ޒަރީރު ވިދާޅުވި އެވެ. އަދި ދެވަނަ ފިޔަވަހީގެ ދަށުން ވޯޓާ ޕާކަށް އަންނަ މީހުންނަށް ތިބެވޭނެ ޑޭ- ސްޓޭ ރޫމްތައް ހެދުމަށް ރާވާފައިވާ ކަމަށް ކައުންސިލުން ވިދާޅުވި އެވެ. އަދި އެނޫންވެސް އެހެން ހިދުމަތްތައް ތައާރަފްކުރަން މަސައްކަތް ކުރާނެ ކަމުގައި ޒަރީރު ވިދާޅުވި އެވެ.

ކަމަދޫއަކީ ވަރަށް ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ރަށެކެވެ. މިއީ އެރަށުގެ ރައްޔިތުންނަށާއި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ތަރައްގީކުރާ ތަނެއް ކަމުގައި ކައުންސިލަރު ވިދާޅުވި އެވެ. ނަމަވެސް އެތަނަށް އަންނަ ބިދޭސީންގެ ހެދުން އެޅުން އާންމު އިޖްތިމާއީ މިންގަނޑަށް ފެތެން ޖެހޭނެ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

ޒަރީރު ވިދާޅުވި ގޮތުގައި މި ވޯޓާ ޕާކް ހެދުމަށް ހަމަޖެހިފައިވަނީ ކައުންސިލުގެ ބަޖެޓުންނާއި ބައެއް ފަރާތްތަކުގެ ދީލަތި އެހީ އިން ނެވެ.

ބ. ކަމަދޫ ބ. ކަމަދޫ ކައުންސިލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ