ހޯކްސް މެދުވެރިވެ، ކަމަދޫއަށް ސީޕްލޭން ހިދުމަތް ފަށަނީ

Advertisement

އެންމެ ފަސް

Advertisement

ބ. ކަމަދޫއަށް ސީޕްލޭންގެ ޚިދުމަތް ދިނުމަށް އައިލެންޑް އޭވިއޭޝަނާއި ހޯކްސް ހޮޓެލްސްއާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެވުނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، އަތޮޅުގެ ފުރަތަމަ މަންޒިލްގެ ގޮތުގައި ކަމަދޫއަށް ކުރެއްވި ޒިޔާރަތުގައެވެ.

މި އެއްބަސްވުމުގައި ހޯކްސް ހޮޓެލްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު ޙުސެއިން އަމާނެވެ. އަދި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް އިޔާސްއެވެ.

ކަމަދޫ ރައްޔިތުންނާ މުޚާޠަބުކޮށް ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ”ސީޕްލޭންގެ ޚިދުމަތް ފެށިގެން ދިޔުމަކީ ލޯކަލް ޓޫރިޒަމް މިހާބޮޑަށް ތަރައްޤީވެފައިވާ އަދި ވަރަށް ބޮޑަށް ތަރައްޤީ ކުރުމުގެ ކަންތައް ބާރު ސްޕީޑުގައި ކުރިއަށްދާ ރަށަކަށް ވާއިރުގައި، ވަރަށް ބޮޑު އިޤްތިޞާދީ ފައިދާއެއް މި ރަށަށް ކުރާނެ ކަމެއް“ ކަމަށެވެ. އަދި ކަމަދޫގެ އިޤްތިޞާދީ ތަރައްޤީއަށް ސަރުކާރުން ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާ ކަމަށްވެސް ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ކަމަކީ، މިދިޔަ މަހު ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅު ވެލިދޫއަށްވެސް ސީޕްލޭން ޚިދުމަތް ފެށުމަށް އެއްބަސްވުމުގައި ސޮއިކުރެވިފައިވާ ކަމެވެ. މިއީ ރާއްޖޭގެ ރަށްރަށަށް ދަތުރުފަތުރުގެ ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އިތުރު ފިޔަވަޅެއް ކަމަށް ސަރުކާރުން ބުނެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބ. ކަމަދޫ އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ