ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒް 2025 ގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން އިން ބުނީ، މި މުއްދަތު އިތުރު ކޮށްފައި ވަނީ އަންނަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ކަމަށެވެ. މައުރަޒުގައި ބައިވެރިވުމުގެ ސުންގަޑީގެ ގޮތުގައި ކުރިން ކަނޑައަޅާފައި އޮތި މި މާރޗް މަހުގެ 31 އެވެ.

ބީސީސީން ބުނީ، މި މުއްދަތު އިތުރު ކުރުމަށް ނިންމާފައިވަނީ، ރަމަޟާން މަހުގެ ފަހު ދިހައެއްގައި ސަރުކާރު ބަންދުވުމާއި، ޢީދު ޗުއްޓީއާ ގުޅިގެން ބަންދު ދުވަސްތަކެއް އަންނާތީ، ވަރަށް ގިނަބަޔަކު އާޢިލީ ޗުއްޓީގެ ގޮތުގައި އެދުވަސްތައް ހޭދަކުރާ ކަމަށް ބެލެވޭތީ، ވީހާވެސް ގިނަ ބަޔަކަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަަށެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ރަޖިސްޓްރީ ކުރެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން އީގަވް މެދުވެރިކޮށްއޮންލައިންކޮށް ފޯމް ހުށަހެޅުމުގެ އިތުރުން، މި މައުރަޒަށް ޚާއްޞަ ވެބްސައިޓް، www.expo.mv ގައިވާ ފޯމް، އީމެއިލްގެ ޒަރިއްޔާއިންނާއި ބީސީސީގެ ހެޑް އޮފީހުން، އަދި އަތޮޅުތަކުގައި ހުންނަ ބީސީސީގެ ބިޒްނަސް ސެންޓަރތަކުން ބަލައިގަނެވޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސާފަ އެވެ.

މީގެ އިތުރުން މައުރަޒުގައި ބައިވެރިވާ ފަރާތްތަކުން ބޭނުން ޢަދަދަކަށް ތަކެތި ބައިވެރިކުރެވޭނެ ފުރުޞަތުވެސް މިހާރު ވަނީ ހުޅުވާލާފަ އެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2025 އަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން، އިކޮނަމިކް މިނިސްޓްރީ އިން ބާއްވާ ޚާއްޞަ މައުރަޒެކެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ