އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ ދައުލަތުގެ ކުންފުނިތަކުގެ ގަވަނަންސް ނުވަތަ އެސްއޯއީއާ ގުޅޭ ވަފުދެއް ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ފިނެނޭސް މިނިސްޓްރީން މިހެން ބުނެފައިވަނީ، ސަރުކާރުން ހިންގާ ”ސަރުކާރު“ ނޫހުގައި ޝާއިއުކުރި ހަބަރެއްގަ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، އެ ވަފުދު ރާއްޖެއަށް ވަޑައިގަންނަވާނީ އަންނަ މަހުގެ 8 އިން 16 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
މި ދަތުރުގައި އެސްއޯއީތަކާ ގުޅޭ އާ ގާނޫނެއް ފަރުމާކުރުމަށްޓަކައި ކުންފުނިތަކުގެ ގަވާނަންސް އާއި ޒިންމާދާރު ކުރުމުގެ ނިޒާމާއި އެހެނިހެން ކަންތައްތައް ހަމަޖެހިފައިވާ ގޮތް ވަފުދުގެ ބައިވެރިން ބައްލަވާނެ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީބުނެފަ އެވެ.
ދުބާއީގައި ކުރިއަށް ދިޔަ ވާލްޑް ގަވަރމަންޓްސް ސަމިޓް 2024 ގެ ހަވާސާގެ ތެރެއިން ރައީސް މުއިއްޒުގެ އަރިހަށް ކުރެއްވި އިހުތިރާމްގެ ޒިޔާރަތުގައި, އައިއެމްއެފްގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓަލީނާ ޖޯޖީވާ ވަނީ ސަރުކާރުގައި އިގްތިސޯދީ ކުރިއެރުމާއި ހަމަޖެހުމަށް މަގު ފަހިކޮށްދިނުމުގެ ގާބިލުކަން އެބަހުރި ކަމަށް ވިދާޅުވެފަ އެވެ.
