ފަސްމިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން މިފްކޯއިން ކުޑަގިރީގައި 500 ގަސް އިންދައިފި

Advertisement

އެންމެ ފަސް

Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފައްޓަވާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެދަށުން މިފްކޯއިން ކުޑަގިރީގައި 500 ގަސް އިންދައިފި އެވެ.

މިފްކޯއިން ބުނީ، މި ގަސްތައް ހަދިޔާކުރުމަށް މިފްކޯގެ ގިނަ އަދަދެއްގެ މުވައްޒަފުން ކުޑަގިރީގެ މެނޭޖުމެންޓާއެކު އެރަށުގައި ހަފުލާއެއް ބާއްވާފައި ވާކަމަށެވެ.

މި ހަފުލާގައި އެ ކުންފުނިން ވަނީ، ރައީސް މުއިއްޒުގެ ތިމާވެށީގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ތައުރީފްކޮށް، އެ މަސައްކަތްތައް ކުރިއަށް އޮތް ތަނުގައި ފުޅާ ކުރާނެ ކަމަށް އިއުލާން ކޮށްފަ އެވެ.

ކުޑަގިރިން ވަނީ، މިފްކޯއަށް ޝުކުރު އަދާކޮށް، އެ ރަށް ފެހިކުރުމަށްޓަކައި ކުރެވޭ މަސައްކަތުގެ ތަފްސީލް ހިއްސާކޮށްފަ އެވެ. އަދި ރަށް ފެހި ކުރުމުގައި އެޗްޑީސީގެ މެނޭޖުމެންޓުން ގެންގުޅޭ ހަރުދަނާ ޕްލޭންގެ ބައެއް މައުލޫމާތުތައް ވެސް ވަނީ ހިއްސާކޮށްފަ އެވެ.

އެޗްޑީސީ އާއި ކުޑަގިރީގެ މެނޭޖުމެންޓުން މިފްކޯއަށް ދިން އެހީތެރިކަމާއި އެއްބާރުލުން އެކުންފުނިން ވަނީ ފާހަގަކޮށްފަ އެވެ.

މިފްކޯއިން ކުޑަގިރިއަށް ހަދިޔާ ކުރި ގަސްތަކުގެ ތެރޭގައި ގިނަ އަދަދަކަށް ހިޔާވަހިކަން ލިބޭ ބާވަތްތައް ހިމެނެއެވެ. އޭގެ ތެރޭގައި ހިރުނދާއި ދިއްގާގެ އިތުރުން ދިވެހި ރުއްވެސް ހިމެނެއެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުޑަގިރި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ