ތިނަދޫއިން ގޯތި ދޫކުރުމަށް އާދިއްތަ ދުވަހު ގުރުއަތުލަނީ

Advertisement

އެންމެ ފަސް

Advertisement

ގދ. ތިނަދޫ އިން ދޫކުރާ ގޯތިތައް ލިބޭ މީހުންގެ މެދުގައި އަންނަ އާދިއްތަ ދުވަހު ގުރުއަތުލުން ބޭއްވުމަށް ނިންމައިފި އެވެ.

ތިނަދޫ ސިޓީ ކައުންސިލުން މިކަން ހާމަ ކުރީ އިއްޔެ ކުރި އިއުލާނެއްގަ އެވެ.

ސިޓީ ކައުންސިލުގެ އިއުލާނުގައި ބުނެފައިވަނީ ގޯތި ލިބުނު މީހުންގެ މެދުގައި ގުރުއަތު ނެގުމާއި ގޯތި ލިބޭތަން ކަނޑައެޅުމުގެ ގުރުއަތުލުންވެސް އަންނަ އާދިއްތަ ދުވަހު ބާއްވާނެ ކަމަށެވެ. ގުރުއަތުލުން އޮންނާނީ އެދުވަހުގެ މެންދުރު ފަހު 14:00 ގައި ތިނަދޫ އާބާދީ މަރުކަޒުގައިކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.

ތިނަދޫން ދިރިއުޅުމަށްޓަކައި ދޫކުރުމަށް ނިންމާފައިވަނީ 200 ގޯއްޗެވެ. މި ގޯތިތަކަށް ކުރިމަތިލުމަށް އިއުލާން ކޮށްފައިވާ މިދިޔަ އޭޕްރީލް މަހުގެ ތެރޭގަ އެވެ.

ތިނަދޫން ދޫކުރާ 200 ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ ތިނަދޫ ރައްޔިތުންނަށާއި ދަފްތަރު ހިމެނޭ މީހުންނަށާއި ރަށުން ބޭރު މީހުންނަށާއި އެކަނިވެރި މައިންނާއި ބަފައިންނަށާއި ތިނަދޫގައި ވިޔަފާރިކުރާ ރަށުން ބޭރު މީހުންނަށާއި ޕްރޮފެޝަނަލް ދާއިރާއިން ހިދުމަތްދޭ މީހުންނަށެވެ.

މި ގޯތިތަކުގެ ތެރޭގައި ހިމެނެނީ 1،500 އަކަފޫޓާއި 2،000 އަކަފޫޓުގެ ގޯތިތަކެވެ.

ބޯހިޔާވަހިކަން ތިނަދޫ ސިޓީ ކައުންސިލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ