ތިނަދޫގައި ފެންބޮޑުވެ ގޭގެއަށް ގެއްލުން ވެއްޖެ

Advertisement

Advertisement

އެންމެ ފަސް

Advertisement

ތިނަދޫ ސިޓީއަށް ރޭ ކުރި ވިއްސާރައިގައި ބައެއް ގެތަކަށް ފެންވަދެ ގެއްލުންތަކެއް ވެއްޖެ އެވެ.

“ޖަވިޔަނި“ އަށް މައުލޫމާތު ދެއްވަމުން ތިނަދޫ ސިޓީ މޭޔަރު ސައުދު އަލީ ވިދާޅުވީ، ރޭ ދަންވަރުން ފެށިގެން ހުއްޓުމެއްނެތި އެ ސިޓީއަށް ވެހުނު ވާރޭގައި ފެންބޮޑުވެ ބައެއް ގެތަކަށް ފެންވަދެފައިވާކަމަށެވެ.

މޭޔަރު ސައުދު ވިދާޅުވީ ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ފަރާތުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި ކޯރު ކޮނެގެންވެސް ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

”އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ޕަންޕު ޖަހައިގެން ފެން ހިންދުމުގެ މަސައްކަތް ރެއިން ފެށިގެން ކުރަމުން އަންނަނީ. ފެންގަނޑު ވަރަށް ބޮޑަށް ހިނދިއްޖެ. އަދިވެސް އަންނަނީ އެ މަސައްކަތް ކުރަމުން.“ ސައުދު ވިދާޅުވި އެވެ.

ސައުދު ވިދާޅުވީ ހުއްޓުމެއްނެތި ރޭ ވެހުނު ވާޜޭގައި ގިނަ ގެތަކަކަށް ފެންވަދެ ހިފާ ގެންގުޅޭ ތަކެއްޗަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

މީހުން ދިރިއުޅޭ ގެތަކުގެ އިތުރުން، ހޮސްޕިޓަލާއި ފެނަކައަށް ވެސް ފެން ވަދެފައިވާ ކަމަށާއި ބައެއް ގެތަކުން ކަރަންޓު ކެނޑިފައިވާ ކަމަށްވެސް ސައުދު ވިދާޅުވި އެވެ. އަދި ކަރަންޓު ކެނޑިފައިވާ ގެތަކަށް މިހާރު ކަރަންޓު ދެވިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. މީގެއިތުރުން މިވަގުތު ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާ ގުޅިގެން ލިބިފައި ހުރި ގެއްލުންތަކުގެ އެސެސްމެންޓްތައް ހަދަމުން ދާކަމަށް ވިދާޅުވި އެވެ.

މޭޔަރު ސައުދު ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައިވެސް ވިއްސާރަ ކުރާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ލަފާކުރާތީ އެކަމަށް ދުރާލާ ތައްޔާރުވަމުން އަންނަ ކަމަށެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނީ އުތުރާއި ދެކުނުގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ގުރުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށާއި ބައެއް ރަށްރަށަށް ކެރީގެ އަސަރު ކުރުން އެކަށީގެންވާ ކަމަށެވެ.

ވިއްސާރަ މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓާރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) ތިނަދޫ ސިޓީ ކައުންސިލް ގދ. ތިނަދޫ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ