މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް އެނާރޖީ، ޠާރިޤު އިބްރާހީމް އަދި މިނިސްޓްރީގެ ޓެކްނިކަލް ޓީމް، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މާޓީ) އާއެކު ބައްދަލުކޮށްފި އެވެ.
މި ބައްދަލުވުން ބޭއްވުނީ އިއްޔެ އެވެ.
މި ބައްދަލުވުމުގައި ރާއްޖޭގެ ރިސޯޓު ރަށްތަކުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުން އިތުރުކުރުމަށް އައު އުކުޅުތަކާއި ގޮތްތައް ހޯދުމާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދެމެހެއްޓެނިވި ގޮތެއްގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް އެޅޭ މޅޭ މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެ އެވެ.
މިނިސްޓަރ ޠާރިޤު ވިދާޅުވީ، ”އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތްކޮށްގެން، ފަތުރުވެރިކަމުގެ ދާއިރާގައި ދެމެހެއްޓެނިވި މުސްތަގުބަލެއް އުފެއްދުމަށް މަގުފަހިކުރެވޭނެ“ ކަމަށެވެ.
މި ބައްދަލުވުމުގައި ރިސޯޓުތަކުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމުގެ މިހާރުގެ ހާލަތު ދެނެގަނެވުނެވެ. އަދި ކުރިމަގުގައި މިކަން އިތުރަށް ކުރިއެރުވުމަށް ހުރި ގޮންޖެހުންތަކާއި ފުރުސަތުތަކާ ބެހޭގޮތުން މަޝްވަރާކޮށްފައި ވެއެވެ. މީގެ އިތުރުން، މިކަމުގައި ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ ގުޅުން ބަދަހިކުރުމުގެ މުހިންމުކަމާ ބެހޭގޮތުންވެސް ވާހަކަދައްކަވާފައި ވެއެވެ.
މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މިފަދަ މަޝްވަރާތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުން އިތުރުވެ، ތިމާވެށި ހިމާޔަތްކުރުމަށް އިތުރު ބާރެއް ލިބިގެންދާނެ އެވެ.
މި ބައްދަލުވުމަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާށާއި ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެ އެވެ.
މިނިސްޓަރ ޠާރިޤު އިބްރާހީމް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް (މަޓީ)