ރާއްޖެއިން އޭޕީއޭޕީގެ ސައިޑް އިވެންޓް ރިޔާސަތު ބަލަހައްޓަވައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖެއިން އޭޝިއާ ޕްރޮޓެކްޓެޑް އޭރިއާ ޕާޓްނަރޝިޕް (އޭޕީއޭޕީ)ގެ ބައި-ރިޔާސަތު ބަލަހައްޓާ ގައުމުގެ ހައިސިއްޔަތުން، އާރު.އެފް.ސީ 2024 އޭޝިއާގެ ދަށުން ބޭއްވުނު ”ސެލެބްރޭޓިންގ ދަ ޑެކޭޑް އޮފް އެޑްވާންސިންގ ޕްރޮޓެކްޓެޑް އޭރިއާސް އިން އޭޝިއާ“ ގެ ނަމުގައި ބޭއްވުނު ސައިޑް އިވެންޓްގެ ރިޔާސަތު ބަލަހައްޓައިފި އެވެ.

މި އިވެންޓަކީ އޭޝިއާގެ ސަރަހައްދުގައި ރައްކާތެރިކުރެވިފައިވާ ސަރަހައްދުތައް ކުރިއެރުވުމަށް ވޭތުވެދިޔަ ދިހަ އަހަރު ދުވަހުގެ ތެރޭގައި ކުރެވިފައިވާ މަސައްކަތްތައް ފާހަގަކޮށް، އެކަމުގެ ކާމިޔާބީތައް ފާހަގަކުރުމަށް ބޭއްވުނު ހާއްސަ އިވެންޓެކެވެ.

ރާއްޖެއިން މި އިވެންޓްގެ ރިޔާސަތު ބެލެހެއްޓުމުން، ރާއްޖެއިން ތިމާވެށި ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ބައިނަލްއަގްވާމީ ސަމާލުކަން ލިބި، އަދި އޭޝިއާ ސަރަހައްދުގައި ރާއްޖޭގެ ދައުރު އިތުރަށް ފުޅާވެގެންދާނެ ކަމަށް ބެލެވޭ ކަމަށް އެންވާރަމެންޓް މިނިސްޓްރީން ބުނެފައި ވެއެވެ. މި އިވެންޓްގައި ރާއްޖެ ތަމްސީލުކުރައްވާފައިވަނީ އެންވާރަމެންޓް މިނިސްޓަރު ޠާރިޤު އިބްރާހީމެވެ.

އާރު.އެފް.ސީ 2024 އޭޝިއާގެ ދަށުން ބޭއްވުނު މި އިވެންޓުގައި، އޭޝިއާގެ އެކި ގައުމުތަކުން ތިމާވެށި ރައްކާތެރި ކުރުމަށް މަސައްކަތްކުރާ ފަރާތްތަކާއި، ސަރުކާރުތަކުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ. މި އިވެންޓުން ލިބުނު މައުލޫމާތާއި ތަޖުރިބާ ބޭނުންކޮށްގެން، ކުރިއަށް އޮތް ތަނުގައި އޭޝިއާގެ ސަރަޙައްދުގައި ތިމާވެށި ރައްކާތެރި ކުރުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރެވޭނެ ކަމަށް އުއްމީދު ކުރެވޭ ކަމުގައި އެންވާރަމެންޓް މިނިސްޓްރީން ބުނެފައި ވެއެވެ.

މިނިސްޓަރ ޠާރިޤު އިބްރާހީމް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ