ކުޑަކުދިންނަށް ލިބޭ އަނިޔާއިން ސަލާމަތް ކުރުމަކީ އެކަކުގެ ޒިންމާއެއް ނޫން، އެންމެންގެ ޒިންމާއެއް: މެޑަމް ސާޖިދާ

Advertisement

އެންމެ ފަސް

Advertisement

ކުޑަކުދިންނަށް ލިބޭ އަނިޔާއިން ސަލާމަތް ކުރުމަކީ ހަމައެކަނި އެކަކުގެ ޒިންމާއެއް ނޫން ކަމަށާއި އެންމެން އެކުގައި މަސައްކަތްކޮށްގެން އެ މަގުސަދު ހާސިލްކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ސާޖިދާ މިހެން ވިދާޅުވީ، މިއަދު ބޭއްވުނު ކުޑަކުދިންގެ ހައްގުތަކާއި ރައްކާތެރިކަމާއި ގުޅޭ ގައުމީ ޕްލޭން އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސާޖިދާ ވިދާޅުވީ، ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމާއި، އެކަމަށް އިޖާބަދިނުމާ ބެހޭ ގައުމީ އެކްޝަން ޕްލޭން އިފްތިތާހު ކުރުމާއެކު، ގިނަ މައްސަލަތަކެއް ހައްލުވެގެންދާނެ ކަމަށެވެ. އަދި މި ޕްލޭނަކީ ހަމައެކަނި ޕޮލިސީއެއް ނޫން ކަމަށާއި، އެއީ ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވައި، ކުޑަކުދިން ހިމާޔަތްކޮށް، އެކަމަށް އިޖާބަ ދޭނެ ގޮތްތައް ބަޔާންކުރާ މަގުޗާޓެއް ކަމަށް ސާޖިދާ ވިދާޅުވި އެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ސާޖިދާ ވިދާޅުވީ، ގައުމުގެ ކޮންމެ ކުއްޖަކީވެސް، ލިބޭ ގެއްލުމުން ސަލާމަތްވުމުގެ އިތުރުން، ރައްކާތެރި މާހައުލެއްގައި ކުރިއެރުމުގެ ބާރު ލިބިގެންވާ ކުއްޖަކަށް ހެދުމަށް ޓަކައި ކޮންމެހެން ކުރަންޖެހޭ ދަތުރެއް ކަމަށެވެ.

”އެމީހުން ހިމާޔަތް ކުރުމަކީ އަޅުގަނޑުމެންގެ ވާޖިބެއް. ’ކޮންމެ ކުއްޖަކަށް އާއިލާއެއް‘ މި ޝިއާރުގެ ދަށުން ދައްކުވައިދެނީ ކޮންމެ ކުއްޖަކަށްވެސް ލޯބިވާ އާއިލީ މާހައުލެއް ހޯދައިދިނުމަށް އަޅުގަނޑުމެން ސާބިތުކަމާއެކު ދެމިތިބޭނެކަން,“ ސާޖިދާ ވިދާޅުވިއެވެ.

ސާޖިދާ އިތުރަށް ވިދާޅުވީ، ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ގާއިމުކުރުމަކީ ސަރުކާރުގެވެސް ޒިންމާއެއް ކަމަށެވެ. އެ ޒިންމާގެ ދަށުން ކުޑަކުދިންގެ ހައްގުތަކާއި، ރައްކާތެރިކަމާއި ގުޅޭ ގައުމީ ޕްލޭން އިފްތިތާހުކޮށްފައިވާއިރު ކަމާގުޅޭ މުއައްސަސާތަކަށް އެ މަގަށް މަސައްކަތްތައް ބައްޓަން ކުރައްވަން ފަސޭހަވެގެންދާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އައިޝަތު ޝިހާމް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ