ތުރުކީއާއެކު ހަދާ މިނިވަން ވިޔަފާރި ވިޔަފާރީގެ އެއްބަސްވުން އެކުލަވާލާ ނިމިއްޖެ: މިނިސްޓަރު ސައީދު

Advertisement

އެންމެ ފަސް

Advertisement

ރާއްޖެއާ ތުރުކީއާއި ދެމެދު ހެދުމަށް ނިންމާފައި ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ގެ އެއްބަސްވުން ދިވެހި ސަރުކާރުން މިހާރު އެކުލަވާލާފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމަކަށް ރޭ ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ސައީދު ވިދާޅުވީ ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) އަށް އެއްބަސްވުމުގެ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓް (ޕީޓީއޭ) އެކުލަވާލުމުގެ މަސައްކަތް މިދިޔަ ބުރާސްފަތި ދުވަހު ނިންމާލާފައިވާ ކަމަށެވެ.

ދިވެހި ސަރުކާރުން މި އެއްބަސްވުން އެކުލަވާލާ ނިމުމުން ދެން ކުރިއަށް އޮތް މަރުހަލާއަކީ ތުރުކީގެ ގާނޫނު ހަދާ މަޖިލީހަށް އެ އެއްބަސްވުން ހުށަހަޅާ ފާސް ކުރުންކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެ އަށް ފަހު ދެ ގައުމުން ސޮއިކުރުމާ ހަމައަށް ދާނެ. އަޅުގަނޑުމެން ލަފާކުރަނީ ޑިސެމްބަރު ނުވަތަ ޖެނުއަރީ 1 ހިސާބުގައި އަޅުގަނޑުމެންނަށް އިފެކްޓިވް ވާނެ ކަމަށް.

ރާއްޖޭގެ އިގްތިސޯދުގެ އެންމެ މުހިންމު އެއް ދާއިރާކަމަށްވާ މަސްވެރިކަމުގެ ދާއިރާގެ އުފެއްދުންތައް ހިމަނައިގެން ޖުމުލަ 38 ބާވަތަކުން ޑިއުޓީ އެއްކޮށް ކަނޑާލަން ދިވެހި ސަރުކާރުން އެދިފައިވާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ޔެލޯފިން ޓޫނާ އާއި ސްކިޕްޖެކް ޓޫނާ އާއި ހިކިމަހާއި މަހުގެ އެކި ބާވަތްތަކުން ތައްޔާރުކުރާ ކާނާތައް ހިމެނޭކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ދެން ހުރި އައިޓަމްތަކުން ތުރުކީ އިން މިހާރު ނަގާ ޑިއުޓީ އަށް ވުރެ ވަރަށް ބޮޑު ތަން ކުޑަކޮށްދިނީ. އެހެން ނަމަވެސް ޒީރޯ ޓެރިފްގައި ނުވަތަ ރާއްޖެ އިން ތުރުކީ އަށް އެކްސްޕޯޓްކުރާ އައިޓަމްތަކުގެ ތެރެއިން އެއްގޮތަކަށް ވެސް ޑިއުޓީ ދައްކަން ނުޖެހޭ 38 އައިޓަމެއް އަޅުގަނޑުމެންނަށް އެބައޮތް ލިބިފައި.

ތުރުކީއާއެކު ފްރީ ޓްރޭޑް އެގްރީމެންޓް ހެދުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ދާއިރު 2018 ވަނަ އަހަރު ޗައިނާއާއެކު ހަދާފައިވާ ފްރީ ޓްރޭޑް އެގްރީމެންޓަށް ދެގައުމުން ބޭނުންވާ ކޮންމެ ދުވަހަކުވެސް އަމަލު ކުރަން ފެށޭނެކަމަށް ސައީދުގެ ވާހަކައިގައި ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން އިންޑިޔާއާއެކުވެސް ފްރީ ޓްރޭޑް އެގްރީމެންޓެއް ހެދުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި މިދިޔަ ސަރުކާރުން ކުރިއަށް ގެންދަން މަސައްކަތް ކުރި އީޔޫގެ ފްރީ ޓްރޭޑް އެގްރީމެންޓަށްވެސް މި ސަރުކާރުން މަސައްކަތް ކުރާނެކަމަށް ސަރުކާރުން މީގެ ކުރިން ބުނެފައިވެ އެވެ.

ރާއްޖެ - ތުރުކީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މަސްވެރިކަން މިނިވަން ވިޔަފާރީގެ އެއްބަސްވުން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ