ސަފީރުންނަށް އުނދަގޫކުރިކަމުގެ ތުހުމަތުގައި ދެ މީހުން ހައްޔަރުކުރުމުން އަދާލަތުން އެކަން ކުއްވެރިކޮށްފި

Advertisement

އެންމެ ފަސް

Advertisement

ސަފީރުންނަށް އުނދަގޫކޮށް ގާނޫނާ ހިލާފަށް އެއްވުމުގެ ތުހުމަތުގައި ދެ އަންހެނުން ހައްޔަރުކުރުމުން އަދާލަތު ޕާޓީން އެކަން ކުއްވެރި ކޮށްފި އެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ:

  • އާއިޝަތު ޝާދިޔާ، މ. ބަޑިކުޅިމާގެ (47 އަހަރު)
  • ޑރ. ޝަޒުރާ އިބްރާހީމް، ގދ. ރަތަފަންދޫ، ލިލީގެ (36 އަހަރު)

މިކަމާއި ގުޅިގެން އަދާލަތު ޕާޓީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ މީހުނަކީ މަސްޖިދުލް އަގްސާ ހިސޯރުކޮށް, ފަލަސްތީނުގެ ބިންތައް ފޭރިގަނެ، ފަލަސްތީނުގެ ނަސްލު ނައްތާލުމަށް ޒަޔަނިސްޓް ޔަހޫދީން ހިންގަމުން ގެންދާ ލާއިންސާނީ އަނިޔާވެރި ޖަރީމާތަކާ ދެކޮޅަށް މެދުކެނޑުމެއްނެތި އަޑުއުފުލަމުން ދިޔަ ބައެއް ކަމަށެވެ.

”ސައްތައިން ސައްތަ މުސްލިމް މި ދައުލަތުގައި އިސްރާއީލާ ދެކޮޅަށް އަޑު އުފުއްލަވަމުން ގެންދެވި ދެ ކަނބަލުން ހައްޔަރު ކުރެވުމަކީ ވަރަށް ނާތަހުޒީބު އަދި ދީނީ ހަމަތަކުން ބެލި ނަމަވެސް ބަލައިގަނެވޭނެ ކަމެއް ނޫން.“

އެ ޕާޓީން ބުނީ، ދިވެހި ސަރުކާރުން އިޒުރޭލު ޕާސްޕޯޓް މަނާކުރުމާއި ހަމާސްގެ ލީޑަރު ހަނިއްޔާ ޝަހީދުކޮށްލުމާ ގުޅިގެން ސަރުކާރުން އަމަލުކުރި ގޮތާއި އިޒުރޭލާ ދެކޮޅަށް އިހުތިޖާޖުކުރި ދެ އަންހެނަކު ހައްޔަރުކުރުން ފަދަ ކަންކަމުން މި މައްސަލައިގައި ދިވެހި ރައްޔިތުންގެ ވިންދާ ޝުއޫރާ ދުރަށް ސަރުކާރުން ދަތުރުކުރާ ކަމަށް ދެކޭ ކަމަށެވެ.

އަދާލަތު ޕާޓީން ވަނީ ފަލަސްތީނުގެ ގަޒިއްޔާގައި ސަރުކާރުން ވައުދުވި ކަންކަން ފުރިހަމަކުރުމަށް ސަރުކާރަށް ގޮވާލާފަ އެވެ.

ރާއްޖެ - ފަލަސްތީން އަދާލަތު ޕަޓީ ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ