ޑިވެެލޮޕްމެންޓް ބޭންްކް ވެގެންދާނީ ރިއަލް އެސްޓޭޓް ފަދަ ދާއިރާތަކަށް އިންވެސްޓްމެންޓް ހަބަކަށް: ރައީސް

Advertisement

އެންމެ ފަސް

Advertisement

ޑިވެެލޮޕްމެންޓް ބޭންްކް ވެގެންދާނީ ރިއަލް އެސްޓޭޓް ފަދަ ދާއިރާތަކަށް އިންވެސްޓްމެންޓް ހަބަކަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިގޮތަށް ވިދާޅުވީ ރައީސް އޮފީހުން އާންމުކުރި ވީޑިއޯއެއްގަ އެވެ.

މި ވީޑިއޯގައި ރައީސް ވަނީ ރާއްޖޭގައި މުޅިން އަލަށް ގާއިމުކުރާ ޑިވެލޮޕްމެންޓް ބޭންކްގެ ޗެއާމަންއާއި ބައްދަލުކުރެއްވިކަން ހާމަކުރައްވާފަ އެވެ. އަދި މި ބޭންކްގެ ސީއީއޯއަކަށާއި ޗެއާމަނަކަސް ހަމަޖައްސާފައިވަނީ ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ބޭންކިން ދާއިރާގައި ތަޖުރިބާ ހުރި ބޭފުޅުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެއާއެކު، ރައީސް ވަނީ މި ބޭންކް ވެގެންދާނީ އިންވެސްޓްމެންޓް ހަބަކަށް ކަމަށް ވިދާޅުވެފަ އެވެ.

”ކުރިއަށް އޮތް ދުވަސްތަކަކީ ޑިވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސް ރާއްޖޭގައި ގާއިމު ކުރެވި، އެމަސައްކަތް ފަށައިގަނެވި، ރާއްޖޭގައި ޓޫރިޒަމް އިންޑަސްޓްރީގެ ރިސޯޓުތައް ހެދުމަށާއި، ރިނިއުބަލް އެނާޖީގެ ދާއިރާއިންނައި އެކިއެކި ދާއިރާތަކުން ރާއްޖޭގައި އިންވެސްޓް ކުރާނެ ފަރާތްތަކަށް ހަބެއް ގޮތުގައި އިރާދަކުރެއްވިއްޔާ މި ބޭންކް ވެގެންދާނެ. ރިއަލް އެސްޓޭޓް އާއި ހައުސިން މާކެޓަށް ވެސް އަދި އެހެން މާކެޓަށް ވެސް“

ރައީސް މި ބޭންކް ވުޖޫދުކުރެއްވީ ނިމިދިޔަ މަހުގެ 16 ވަނަ ދުވަހުގަ އެވެ.

މި ބޭންކަށް މިމަހުގެ 21 ވަނަ ދުވަހު ވަނީ ތިން ބޭފުޅުން އައްޔަން ކުރައްވާފައެވެ.

  • އަހުމަދު އަލީ، މއ. ވޭސައިޑް 805 ފްލެޓް
  • ސައިދު އަބްދުއްނާސިރު ބިން ސައީދު ހަސަން އަލް ޖުނައިދު، ސިންގަޕޫރު
  • ރަބާތް ޑެނިއަލް ކާންޓް، ޔުނައިޓެޑް ކިންގްޑަމް

ޑިވެލޮޕްމަންޓް ބޭންކަކީ ދެމެހެއްޓެނިވި އަދި ދިގު މުއްދަތުގެ އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީގެ މަސައްކަތްތަކަށް އިންވެސްޓް ކުރުމަށް ދައުލަތުގެ ސިޔާސަތުތަކާ އެއްގޮތަށް ގާއިމްކުރާ ބޭންކެކެވެ. މި ބޭންކުން ސަރުކާރުން އިސްނަގައިގެން ހިންގާ އާބަން ޑިވެލޮޕްމަންޓް މަޝްރޫއުތަކަށް ވެސް ފައިސާ ހޯދުމަށް ހަމަޖެހިފައި ވެއެވެ. އަދި ސިންޑިކޭޝަން ފައިނޭންސިން މެދުވެރިކޮށް ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް ފައިސާ ހޯދުމުގައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ވެސް ސަރުކާރުން އަމާޒު ހިފާފައި ވެއެވެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޑިވެލޮޕްމެންޓް ބޭންކް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ