ތިލަފުށީ ގުދަނެއްގައި ރޯވެ، ދިވެއްސެއް ފިހިގެން ފަރުވާދެނީ

Advertisement

އެންމެ ފަސް

Advertisement

ކ. ތިލަފުށީގައި ހުރި ގުދަނެއްގައި އަލިފާން ރޯވެއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ އަލިފާން ނިއްވުމުގައި ތިލަފުށި ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި ދުމުގެ އަސަރުކޮށް، ކޮންމެވެސް ވަރަކަށް ފިހިގެން ދިވެއްސަކަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އަލިފާން ރޯވި، ސަބަބެއް އަދި ނޭނގޭކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވިޑިއޯ އިން ފެންނަ ގޮތުގައި އަލިފާން ރޯވެފައިވާ ގުދަނުން ވަރަށް ބޮޑަށް ދުން އަރާ މަންޒަރު ފެނެ އެވެ. އަދި ބައެއް ތަކެތި ގޮވާ އަޑުތަކެއްވެސް ކޮންމެވެސް ވަރަކަށް އިވެ އެވެ.

އަލިފާން ރޯވެފައިވަނީ މެރިންޑޯ މެރިންވޯކްސްގެ ވޯކްޝޮޕް ގަ އެވެ.

އަލިފާނުގެ ހާދިސާ އެމްއެންޑީއެފް ތިލަފުށި

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ