ވޭމަންޑޫގައި ފުލުހުން މީހަކު ހައްޔަރުކުރުމުގެ ތެރެއިން ބާރުގެ ބޭނުންކުރި ކަމަށް ތުހުމަތުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ތ. ވޭމަންޑޫގައި ފުލުހުން މީހަކު ހައްޔަރުކުރުމުގެ ތެރެއިން އަނިޔާކުރި ކަމަށް އެރަށު ބަޔަކު ތުހުމަތުކޮށްފި އެވެ.

މިވަގުތު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ވޭމަންޑޫގައި ތިބި ބަޔަކު އެރަށުު ފުލުހެއް ކައިރީގައި ”އަމުރަށް ކިޔަމަންވާ މީހަކަށްވެސް އަނިޔާކޮށްގެން ނުވާނެ“ ކަމަށް ބުނާ އަޑު އިވެ އެވެ. ފުލުހުން ހައްޔަރުކުރި މީހެއްގެ ނޭފަތް ފަޅައިގެން ގޮސްފައިވާ ކަމަށާއި އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތެކެތީގެ މައްސަލައެއްގައި ކަމަށް އެނގިފައިވެ އެވެ.

ނަމަވެސް އެއީ ކޮން މައްސަލައެއްގައި ހައްޔަރު ކުރި މީހެއްކަން ފުލުހުން އަދި ހާމަކޮށްފައި ނުވެ އެވެ.

މި ވީޑިއޯއާއި ގުޅިގެން ފުލުހުންނާއި ސުވާލުކުރުމުން އެ ހިދުމަތު ބުނީ އެ ވިޑިއޯއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް ތ. ވޭމަންޑޫ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ