އެމްއެންޑީއެފްގެ މީހެއް ކުޑަ ދެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގަ މަސައްކަތްކުރާ މީހަކު ކުޑަ ދެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުޤީޤްކުރަން ފަށައިފި އެވެ.

ކުޑަ ދެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ތަހުޤީޤްކުރަމުން އަންނަކަން ފުލުހުން ހާމަކުރީ މިއަދު ހެނދުނު ސޯޝަލް މީޑިއާގަ ދައުރުވި ހަބަރަކާއި ގުޅިގެން ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ.

ސޯޝަލް މީޑިއާގަވާ މައުލޫމާތުގައިވާ ގޮތުން އެ މައްސަލައަކީ އެމްއެންޑީއެފްގައި މަސައްކަތްކުރާ މިހަކު، އޭނާ ހިތާވެގެން އުޅޭ އަންހެން މީހާގެ ދެ އަންހެން ކުދިންނަށް، އެ އަންހެން މީހާގެ ރުހުމުގައި ޖިންސީ ގުޅުން ހިންގާ މަންޒަރު ދައްކާ ގްރޫމްކުރި މައްސަލައެކެވެ. އަދި އެ މީހާ، ކުދިންނަށް ޖިންސީ ގޯނާކުރިކަމަށްވެސް ތުހުމަތުކޮށްފަވެ އެވެ.

އެ ތުހުމަތުތަކާއި ގުޅިގެން ފުލުހުން ހަމައެކަނި މީޑިއާއަށް ބުނީ ކުޑަ އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މި މަހުގެ 16 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ. އެ މައްސަލައިގެ ތުހުމަތުވަނީ އެމްއެންޑީއެފް މީހަކަށް ކަމެއްވެސް، އަދި އެ މައްސަލައިގަ ކުރާ ތުހުމަތެއްވެސް ފުލުހުން ނުބުނެ އެވެ.

މި ނޮވެމްބަރު މަހުގެ ތެރޭގައި ޖިންސީ ގޯނާކުރުމާއި، ރޭޕްކުރުމުގެ ބޮޑެތި މައްސަލަތަކެއް އަންނަނީ ފެންމަތިވަމުންނެވެ. އެގޮތުން މީގެކުރިންވެސް މިމަހުގެ ތެރޭގައި ޖިންސީ ގޯނާކުރުމުގެ ބޮޑު ދެ މައްސަލައެއް ތަހުޤީޤްކުރަމުން އަންނަކަމަށް ފުލުހުން ބުނެފައިވާއިރު، އޭގެ ތެރޭގައި ރޭޕްކުރުމުގެ ތުހުމަތުކުރެވޭ މައްސަލައެއްވެސް ހިިމެނެ އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް ޖިންސީ ގޯނާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ