ވެހިކަލްގެ މުއްދަތާއި އަދަދު ބެލުމަށް އައިޔޫއެމްއިން ދިރާސާއެއް ހަދަނީ

Advertisement

އެންމެ ފަސް

Advertisement

މާލެ ސިޓީ ކައުންސިލާއި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)އިން މާލޭގައި ރަޖިސްޓްރީ ކުރާނެ އުޅަނދުތަކުގެ ޖުމްލަ އަދަދުގެ އިތުރުން ރަޖިސްޓްރީ ކުރެވޭ އުޅަނދުތަކުގެ މުއްދަތު ބެލުމަށް ސާވޭއެއް ހެދުމަށް އެއްބަސްވުމެއް އެކުލަވާލައިފި އެވެ.

މި ސާވޭ ހެދުމަށް ސިޓީ ކައުންސިލުން ނިންމާފައި އޮތީ މިދިޔަ މަހު އެވެ.

ކައުންސިލުން ބުނީ ސާވޭ އައިޔޫއެމްއާ ކޮންޓްރެކްޓްކޮށްފައި ވަނީ 625،700 ރުފިޔާ އަށް ކަމަށާއި، އެ ސާވޭ 120 ދުވަހުގެ ތެރޭގައި ނިންމުމަށް އެއްބަސްވުމެއް ހަދާފައިވާ ކަމަށެވެ.

މާލޭގައި ޓްރެފިކް ތޮއްޖެހުން ކުޑަކުރުމަށް ދުބާއީން އެހީތެރިކަން ހޯދާނެ ކަމަށް ވެސް ސަރުކާރުން ވަނީ ދާދި ފަހުން އިއުލާންކޮށްފަ އެވެ. ޓްރެފިކްގެ މައްސަލަ ހައްލުކުރުމަށް މިދިޔަ މަހު ސަރުކާރުން ވަނީ ”މާލެެ ފެހި“ ނަމުގައި ހާއްސަ ޕްރޮގްރާމެއްވެސް ފައްޓާފަ އެވެ.

ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ރާއްޖޭގައި 69،780 އާ ވެހިކަލް ރަޖިސްޓްރީ ކުރެވިފައިވެ އެވެ. އޭގެ ތެރެއިން 42،000 ވެހިކަލް ރަޖިސްޓްރީކޮށްފައި ވަނީ މާލެ ސަރަހައްދަށް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.

މާލެ ސިޓީ ކައުންސިލް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ