އެމްޑީޕީގެ ވެރިކަމުގައި ރައްޔިތުންނަށް ފަޅުތަކުން ގޯތި ދިން ކަމަށް އެމްޑީޕީ ޕީޖީ ލީޑަރު އިބްރާހީމް ނާޒިލް ވިދާޅުވެއްޖެ އެވެ.
ނާޒިލް މިގޮތަށް ވިދާޅުވީ މިއަދު އެމްޑީޕީ ޕީޖީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނާޒިލް ވިދާޅުވީ އެމްޑީޕީން ހަގީގަތުގައި ކަނޑުން އެއްވެސް ގޯއްޗެއް ދީފައިނުވާއިރު ބިންވެރިޔާ ސްކީމްގެ ދަށުން ތިލަފަޅަކުން ގޯތި ދޫކުރި ކަމަށެވެ.
”މިދިޔަ ސަރުކާރުން ކަނޑުތަކުން ގޯތިތައް ދޫކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވި. ހަގީގަތުގައި ކަނޑުން އެއްވެސް ގޯޗެއް ދޫކޮށްފައި ނުވާނެ .ގޯތި ދޫކޮށްފައިވަނީ ވަރަށް ތިލަ ފަޅަކުން. ފަޅުގެ ބޮޑުބައެއް ހިއްކުމުގެ މަސައްކަތް އޭރުގެ އެމްޑީޕީ ސަރުކާރުން ކުރަމުން ގެންދިޔައީ. އެ މަސައްކަތް ވެސް ހުއްޓި ފުށިދިއްގަރު ފަޅަށް މުޅި އަމާޒު ބަދަލު ރައްޔިތުންނަށް އޭރު ދޫކޮށްފައި ހުރި ގޯތިތައް ރައްޔިތުންނާއި ހިސާބަށް ނައިސް މެދުކެނޑިފައިވަނީ“
ނާޒިލް ވަނީ މި ސަރުކާރުން ގޯތި ދޫކުރާނީ ބިން ހިއްކުނީމަ ކަމަށް ބުނެފައިވާކަން ފާހަގަކުރައްވާފަ އެވެ. އެކަމާއި ގުޅިގެން ރައްޔިތުން ކަންބޮޑުވާކަމަށް ނާޒިލް ވިދާޅުވި އެވެ.
”އެތަނުގައި ބްރިޖް އަޅަން ކޮންސްޓްރަކްޝަން ސައިޓެއް ހުރީތީވެ ގޯތި ރައްޔިތުންނަށް ދޫނުކުރެވޭނެ ކަމަށް ވިދާޅުވި. އެ ދޫކުރެވޭނެ ތާރީހެއް ނެންގޭ ކަމަށް ވިދާޅުވީ. ހަގީގަތުގައި މިއީ ރައްޔިތުންގެ ކަންބޮޑުވުންތަކަކީ.“
ގެދޮރުވެރިޔާ ސްކީމްގެ ދަށުން އެމްޑީޕީ ސަރުކާރުން ބިނާކުރި ފުރަތަމަ 4000 ފްލެޓަށް ކަނޑައެޅި ދާއިމީ ލިސްޓް މުރާޖައާ ކުރުމުގެ ބަދަލުގައި އަލުން އެ ފްލެޓްތަކަށް ހުޅުވާލުމުގެ މަސައްކަތް މި ސަރުކާރުން ކުރަމުންދާ ކަމަށް ނާޒިލް ތުހުމަތުކުރައްވާފައި ވެއެވެ.
ރައްޔިތުންގެ މަޖިލިސް ބިންވެރިޔާ ސްކީމް އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް